ޤާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލުމުގެ ނިޔަތުގައި މި ގައުމަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ, ދިވެހި ދައުލަތަށާއި ދިވެހިންނަށް ކަނޑައެޅިގެން ޣައްދާރުވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އެފަދައިން ވިދާޅުވީ، ރައީސާއި ނައިބު ރައީސް ފަސޭހައިން އަޒުލްކުރެވޭނެ އިސްލާހެއްގެ މަސައްކަތްތަކެއް އިދިކޮޅުން ކުރަން ފަށާފައިވަނިކޮށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ތިމާމެންގެ އާރާއިބާރު ދައްކާލާން ބޭނުންވުމުން ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ޒައާމަތުގައި އެފަދަ ކަމެއްގެ އަސަރު މި ގައުމަށް ވިޔަ ނުދޭނެ ކަމަށެވެ. އަދި ދިވެހި ކޮންމެ ރައްޔިތެއް ދެކެ އެމަނިކުފާނު ނުހަނު ލޯބިވާ ކަމަށް ވިދާޅުވިއެވެ.
މުނާފިގުންގެ ސިފައިން މިސާލު ޖައްސަވައި ރައީސް ވިދާޅުވީ މުނާފިގުން ވާހަކަދައްކާ ނަމަ ދޮގު ހަދާނެކަމަށާއި ވައުދެއް ވެއްޖެ ނަމަ އެ ވައުދާ ޚިލާފުވެ ޚިޔާނާތްތެރިވާނެކަމަށެވެ.
ނަމަވެސް އެމަނިކުފާނު ދިވެހި ރައްޔިތުންނަށް އަރުވާނެ ޔަގީންކަމަކީ އެމަނިކުފާނު ވެއްޖެ ވައުދަކަށް އަމާނާތްތެރިވާނެކަން ކަމަށް ރައީސް ވިދާޅުވިއެވެ.
"މިސާލަކަށް އިހަށް ދުވަހު ފާއިތުވެގެން މި ދިޔައީ މި ސަރުކާރުގެ ހަފުތާ 14ގެ ފުރަތަމަ އަމާޒު. އެއީ ހަތަރު ހަފުތާގެ ތެރޭގައި ހާސިލުކުރާނެ ކަމަށް އަޅުގަނޑު ވައުދުވި ކަންކަން. މާތް ﷲގެ އިރާދަފުޅުން އެ މުއްދަތުގެތެރޭގައި ނިންމާނެކަމަށް ކެންޕޭނުގައި އަޅުގަނޑު ދެންނެވި ހުރިހައި ކަމެއް އެ މުއްދަތުގައި ނިންމަން ކަނޑައެޅިވަރަށް އަޅުގަނޑުމެން އެވަނީ ނިންމާފާ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރަވީ ދުވަސް ގޮވާލަނީ ތާރީޚުން ފިލާވަޅު ލިބިގަތުމަށް ކަމަށެވެ. އަމިއްލަ ސިޔާސީ ފައިދާއަށް ޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދުމަށެވެ. އަދި ހުރަވީ ދުވަސް އިލްތިމާސްކުރަނީ ވަކިވަކިވެ ނުގަތުމަށާއި އެންމެން ގުޅިގެން އެއްބައިވަންތަވެގެން މި ޤައުމު ސަލާމަތްކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރަވީ ދުވަސް އެންމެން ކިބައިން އެދި އާދޭސް ކުރަނީ ދޮންބަންޑާރައިން ފަދައިން ޤައުމީ ޚިދުމަތަށް ޓަކައި އިސްވެ ހަރަކާތްތެރިވާ މި ލޮބުވެތި ދިވެހި ފަސްގަނޑަށް ވަފާތެރި ދިވެހި ދަރިޔަކަށްވުމަށް ކަމަށެވެ.
"ހުރަވީ ދުވަސް އަޅުގަނޑުމެންނަށް ގޮވާލަނީ ތާރީޚުން ފިލާވަޅު ލިބިގަތުމަށް. އަމިއްލަ ސިޔާސީ ފައިދާއަށް ޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދުމަށް. ހުރަވީ ދުވަސް އަޅުގަނޑުމެންނަށް އިލްތިމާސްކުރަނީ ވަކިވަކިވެ ނުގަތުމަށް. އެންމެން ގުޅިގެން އެއްބައިވަންތަވެގެން މި ޤައުމު ސަލާމަތްކުރުމަށް،"
"ހުރަވީ ދުވަސް އަޅުގަނޑުމެންގެ ކިބައިން އެދި އާދޭސް ކުރަނީ ދޮންބަންޑާރައިން ފަދައިން ޤައުމީ ޚިދުމަތަށް ޓަކައި އިސްވެ ޙަރަކާތްތެރިވާ، މި ލޮބުވެތި ދިވެހި ފަސްގަނޑަށް ވަފާތެރި ދިވެހި ދަރިޔަކަށްވުމަށް،"
ރައީސާއި ނައިބު ރައީސް ފަސޭހައިން އަޒުލުކުރެވޭ ގޮތަށް މަޖިލިސް ގަވާއިދަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައި ވަނީ ބުރާސްފަތި ދުވަހުއެވެ. އެ ކޮމިޓީގައި ތިއްބަވަނީ ސަރުކާރާ އިދިކޮޅު އެމްޑީޕީގެ ހަ މެންބަރުންނާއި ދަ ޑިމޮކްރެޓްސްގެ ދެ މެންބަރުންނެވެ.
އެ އިސްލާހާއެކު، މަޖިލީހުގެ ވެސް މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެންބަރުންނަށް އެކަނި ވެސް ރައީސާއި ނައިބު ރައީސް އަޒުލު ކުރެވޭނެއެވެ.
comment ސޮލީ
1 year 4 month ago
ސިޔާސީގޮތުން ކުފޫ ހަމަ ނުވާނަމަ އެސަރުކާރަކަށް ލޮޅުން އަރާނެ. އޮލުވާލައިގެން ވެރިކަމަށް އާދެވިފައިވާނަމަ އެއީ ނާޖާއިޒު ނުހައްގުން އަސްގެން އުޅޭ ސަރުކާރެއް. ވީމާ ބަހަނާ ނުދައްކާށެވެ.
comment މުހައްމަދު ސައީދު
1 year 4 month ago
ތިޔައީ މިހާރު އިންތިޚާބު ކުރެވުނު ހައިސިއްޔަތު ގެއްލިފައިވާ ސަރުކާރެއް . ޤައުމަސް ޣައްދާރު ވެ ރައްޔިތުންނަށް ދޮގު މަޢުލޫމާތު ދިނުމުގެ ތެރެއިން ތި ސަރުކާރު ޤާއިމް ވެގެން ދިޔައީ. ތިޔަ ސަރުކާރު ވީހާވެސް އަވަހަކަށް ބަދަލު ކޮއްލަން އަހަރެމެނ އާއްމުން ބޭނުންވަނީ .
comment އިބްރާހީމް
1 year 4 month ago
"ގާނޫނީ ސަރުކާރަށް ލޮޅުން އަރުވާލުމަކީ މުޅި ގައުމަށް ޣައްދާރުވުން: ރައީސް" ސަރުކާރެއް ދެމި އޮންނަނީ، ރައްޔިތުންގެ ލޯތްބާއި، އިތުބާރު ލިބިގެން، އިންސާފުގެ މަގުން ކަންކަން ކުރާނަމަ. އެކަން ހަނދާން ނައްތާލާ، ވެރިމީހާ ހިތަށް އަރާހާ ގޮތަކަށް، ރައްޔިތުންގެ ކަންކަން ކުރަން ފެށީމާ، ރައްޔިތުން "ނޫނެކޭ" ބުނާނެ. އެކަމަށް ދެ ގޮތެއް އޮންނަކަން ވެރިމީހާ ހަނދާނުގައި އަބަދުވެސް ބަހައްޓަން ވާނެ. އެއީ: 1. ހިނގަމުންދާ ވެރިކަމުގެ ދައުރުގެ ތެރޭގައި، ޤާނޫނީ ހަމަތަކުގެ މަތީން، "ރައްތިޔުންގެ މިޖިލީހުން"، ތަކުރާރުކޮށްލާނަން، "ރައްޔިތުންގެ މަޖިލީހުން" ވެރިމީހާގެ އިތުބާރު ނެތްކަމަށް ކަނޑައަޅާ، ޤާނޫނީ އިޖުރާޢަތްތައް ފުރިހަމަކޮށް ވެރިކަިމުން ޢަޒުލުކުރުން، 2. ދައުރު ނިމުމުން ދެން ޖެހިގެން އަންނަ ރިޔާސީ އިންތިޚާބުގައި ނަގާ ވޯޓުން، އެ ވެރިމީހާއަށް "ނޫނެކޭ" ބުނުން. މިއަދު ޤައުމުގެ ގިނަ ބަޔަކު ތިބީ، ސަރުކާރުގެ ކަންކަން ހުރިގޮތުން މާޔޫސްވެފައި ކަމުގައި ބުނާ މީހުން މަދެއް ނޫނެވެ. އޭގެތެރޭގައި، މި ސަރުކާރު ގެންނަން މަސައްކަތްކުރި ވަރަށް ގިނަ މީހުންނާއި،
reply އިބްރާހީމް
1 year 4 month ago
ކޮމެންޓުގެ އެއްބައި މަދު
comment ޠާލިބާ ޢަލީ
1 year 4 month ago
މަނިކުފާނު އިސްވެ ހުންނަވައިގެންނާއި ބައިވެރިވެވަޑައިގެން ސަރުކާރު ވައްޓާލުމަށް ނުވަތަ ލޮޅުން އަރުވައިލުމަށް އެތައް ކަމެއް ކުރެއްވީ ދިވެހިންގެ ލޯމަތީގައި. އޭރު ގޯހަކަށް ނުވެފައި މަނިކުފާނާ ޖެހުނީމާ ޣަދަރުވެރިކަމަކަށްވެ ޣައްދާރުވުމަކަށްވީ ކީއްވެގެންތޯ؟ ތިޔަ ވިދާޅުވާ ގޮތުންނާއި އުޅުއްވާ ގޮތްކޮޅުން ހީވަނީ ޤައުމަކީ މަނިކުފާނުހެން.
comment ޒީރޯ ޓޮލެރެންސް
1 year 4 month ago
އިބޫ ވެރިކަމައަައީ ޒީރޯ ޓޮލަރެންސްއޭކިޔާ. ވެރިކަންނިމުނީ އަދީބު މިނިވަންކޮގެން. ރައްޔިތުންނަ އޮޅުވާލެވޭނީ މިހާކަވަރަކަށް.
comment ނނފ
1 year 4 month ago
އެމްޑީޕީން ޔާމީންގެ ވެރިކަން ވައްޓާލީ އަފުރާޝީމް މަރާލީ ޔާމީނޭކިޔަމުން. ދިވެހިން ހަދާނެ ނުނެތޭނެ.
comment ހަސަންރަހާ
1 year 4 month ago
ފެބްރުއަރީ 7 ގެ ބަޣާވާތުގެ ފޮޓޯތައްބަލާލާއިރު އިމްރާނާ އެންމެކައިރީގައި ހުންނަނީ މުއިއްޒުއެވެ
comment މިކަންމާގޯސް
1 year 4 month ago
ރައްޔިތުން ހޮވާފައިއޮތް ސަރުކާރެއް މަގުމަތިން ވައްޓާލުމަކީ ކޮންކަހަލަ ކަމެއްބާ. އޭރުވެސް ތިއްބެވީ ހަމައެއްބައެއް.
comment ކޯލްއައިޑީ
1 year 4 month ago
ނޫން އެއީހަމަ ގާނޫނީ ހަމަތަކުގެ މަތިން ކުރެވިދާނެ ކަމެއް ރާއްޖެ ޔަކައް ކުރިއެރުމެއް ނުލިބޭނެ މުއިއްޒު ފަހަތުގަ ތިބެގެން ޔާމިނު މިނިވަން ކުރާނަމޭކިޔާ ދޮގާ މަކަރުހެދީ އިންޑިޔާ ސިފައިންނާ ތަކެތީގެ އަގުހެޔޮ ކުރާނަމޭ ކިޔާވެސް ދޮގުހެދީ ވީމާ އަވަސްގޮތަކައް މިކަން ނިންމަންޖެހޭ