Dhiraagu

އެމްޑީޕީއަށް ފަސޭހައިން ރައީސް އަޒުލުކުރެވޭ ގޮތަށް އިސްލާހެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: އިންފިނިޓް މޫވްމަންޓްސް/ މުހައްމަދު ޝާތިއު އަބްދުﷲ

ސަރުކާރާ އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް އެކަނި ވެސް ރައީސާއި ނައިބު ރައީސް އަޒުލް ކުރެވޭގޮތައް ގަވާއިދަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން އިއްޔެ ނިންމައިފިއެވެ.

Ooredoo

ކޮމިޓީން ނިންމާފައި ވަނީ، މަޖިލީހުގެ ގަވާއިދުގެ 49، 202 އަދި 203 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށެވެ.

ގަވާއިދުގެ 49 ވަނަ މައްދައަށް ބަދަލު ގެންނަން ހުށަހެޅީ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއުއެވެ. އެ މާއްދާއަށް ޝިފާއު އިސްލާހެއް ހުށަހެޅުއްވީ މަޖިލީހުގެ މެންބަރަކު އިސްތިއުފާ ދެއްވުމުން، އިތުރު މެންބަރަކު އިންތޚާބު ކުރެވެންދެން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާއިރުގައި އެ މެންބަރުން އުނިކުރާށެވެ.

އާ ސަރުކާރުގެ މަގާމުތަކާ ހަވާލުވާން މަޖިލީހުގެ ހަތް މެންބަރަކު ވަނީ މެންބަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އެ ދާއިރާތަކަށް މި ދައުރުގައި މެންބަރުން އިންތިޚާބު ނުކުރާށެވެ. އެއީ، އަންނަ ދައުރުގެ މަޖިލީސް އިންތިޚާބު އޭޕްރީލްގައި އޮންނާނެތީއެވެ. ޝިފާއު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކޮށްފި ނަމަ، މި ދައުރުގެ ބާކީ ބައިގައި މަޖިލީހުގައި ތިއްބަވާނީ 80 މެންބަރުންނެވެ.

އަދި، 202 އަދި 203 ވަނަ މާއްދާއަށް ބަދަލު ގެންނަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމެވެ.

ގަވާއިދުގެ 202 އަދި 203ކަށް އިސްލާހު ގެނައުމަށް ފާސްކޮށްފައިވާ ގޮތް:

  • ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ އެއް ބައި މެންބަރުންގެ ސަބަބު ބަޔާންކޮށް، ސޮއިކޮށްފައިވާ ލިޔުމަކުން މަޖިލީހަށް ގަރާރެއް ހުށަހެޅުމުން (މިހާރު ވެސް އޮންނަ ގޮތް)

  • ގަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސާއި ނައިބު ރައީސަށް ދިނުން އަދި 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ ފުރަތަމަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ގަރާރު ހުށަހެޅުން

  • ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރުގެ ބަހުސަށް ގިނަވެގެން ދެވޭނީ ތިން ގަޑިއިރު

އަދި، އެ މައްސަލަ ތަޅުމުން ފާސްވުމުން ފޮނުވަން ޖެހޭ ކޮމިޓީގައި ކުރިން ތިބެން ޖެހޭ ކަމަށް ބަޔާންކުރާ 11 މެންބަރުންގެ އަދަދު ހަތަކަށް މަދުކޮށްފައެވެ. ކުރިން އޮންނަ ގޮތުން އެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ތަމުސީލުވާން ވެސް ޖެހެއެވެ. އެކަމަކު، އަލަށް ހުށަހެޅި އިސްލާހުން ވަނީ އެބައި އުނިކޮށްފައެވެ.

މި ގަވާއިދު އަދި މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެއް ނުވެއެވެ.

ނަމަވެސް މަޖިލީހަށް އިސްލާހު ހުށަހަޅާ ފާސްވެއްޖެ ނަމަ، މެޖޯރިޓީ ޕާޓީ އެމްޑީޕީން އެކަނި ވެސް ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެއެވެ.

މި ވަގުތު މަޖިލީސް ބެހިގެންވާ ގޮތް:

  • އެމްޑީޕީގެ 56 މެންބަރުން
  • ޑިމޮކްރެޓްސްގެ 13 މެންބަރުން
  • ޕީޕީއެމްގެ ދެ މެންބަރުން
  • ޕީއެންސީގެ ދެ މެންބަރުން
  • ޖުމްހޫރީ ޕާޓީގެ ދެ މެންބަރުން
  • އެމްޑީއޭގެ ދެ މެންބަރުން
  • އަމިއްލަ ތިން މެންބަރުން

އެހެންވެ، މި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި ނަމަ، ރައީސާއި ނައިބު ރައީސް އަޒުލުކުރަން ފަސޭހަވެގެންދާނެއެވެ.

ރައީސާއި ނައިބު ރައީސް މަގަމުން ވަކިކުރެވޭނެ ހާލަތްތައް:

  • އިސްލާމް ދީނާ ޚިލާފުވުން
  • ގާނޫނު އަސާސީއާ ޚިލާފުވުން
  • ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުރެ ކުރަން އެކަށީގެން ނުވާ އަމަލެއް ކުރުން
  • ރައީސް ނުވަތަ ނައިބު ރައީސްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނަގާބިލުވުން

މިހާތަނަށް އެއްވެސް ރައީސަކު މަޖިލީހުން އަޒުލުކޮށްފައެއް ނުވެއެވެ. އެކަމަކު، ކުރިން ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި މަޖިލީހުން ދެ ނައިބު ރައީސަކު މަގާމުން ދުރުކުރިއެވެ.

Redstar
comment ކޮމެންޓް

comment އިބްރާހިމް

1 year 4 month ago

އެމްއެމްޕީއާރސީ ލިސްޓް ހިންގާލަން އަދުރޭއަށް ދަންނަވަން.

comment މާރީޔާ

1 year 4 month ago

އަމިއްލަ އެދުން އިސްކުރާ މީހުންނަށް ދެންވެސް ވޯޓް ނުދީބަލަ. މިމީހުން ބޭނުން ވެއްޖެއްޔާ ގާނޫން ބަދަލު ކޮށްގެންވެސް އެކަމެއް ކުރޭ. ބޭނުން ނުވާ ކަމެއް ވެއްޖެއްޔާ ނުކުރާނެ. ކޮންމެވެސް ބަހަނާއެއް ދައްކާނެ. މިސާލަކަށް އިސްރާއީލް ޕާސްޕޯޓް ބޭން ކުރުން. ހަމައެކަނި ލާރި ކާން ތިބޭ ބައެއް މީ. ލާރި ކައިގެން ނިކަނެތިން ނިކަމެތި ކުރަން ތެޅި ބާލަން ތިބޭ ބައެއް

comment އަލިބެއާދަނު

1 year 4 month ago

މިހާރު އޮތްގޮތުން 58 މެމްބަރުން ހަމަވީމާ ރައީސް އަޒުލުކުރެވޭ. އެމްޑީޕީގައ 56 މެމްބަރުން މިހާރު އެބަތިބި. ޤާނޫނު އިސްލާހު ނުކުރިޔަސް، 2 މެމްބަރުން އެމްޑީޕީ އަށް ވައްދާ ނޫނީ ގަނެލާ. އޭރުން އެކަންވީ.

comment ނުވާނެއޭ

1 year 4 month ago

އެމްޑީޕީ މިހާރު ބާރު އޮތް މިންވަރު ޕީޕީއެމް ޕީއެންސީ އަދުރޭ އަށާއި އަދި މަޖްލީހުގެ މެމްބަރު ކަން ދޫކޮށް ވަޒީރު ކަމަށް ފުންމާލި މީހުންނަށް ވެސް އިނގޭނެ ނޫންތޭ ވަޒީރު މާރިޔާ މެންނަކީ އެއީ ސިޔާސީ ގޮތުން ކޮން ބަރުދަނެއް ހުރި ބައެއްތޭ އެމެންނަށް ވަޒީރު ކަން މުއިއްޒު ދިނީ އެމެން އެއީ މުއިއްޒު އަންހެނުން ބުނެގެން ވަޒީފާ ދިން މީހުންނޭ އެގޮތަށް ކެބިނެޓް އެކުލަވާލުމުން ވާނެ ހަތަރެތި މިއޮށްގެންވަނީ އޭ ކުޅަދާނަ އެއް ނޫނޭ ވަޒީރުންގެ މަޖްލީހަށް ރުހުންހޯދަން ނުވާނެއޭ ނުވާނެއޭ މަމެން ލޮނު ލައިގެން ބަތެއް ނުކާނަމޭ މުއިއްޒުގެ ވަޒީރުންގެ ގިނަ މީހުންނަށް ރުހުން ލިބިއްޖެނަމަ މުއިއްޒުގެ ވަޒީރުންގެ ތެރޭން މަޖްލީހުން ރުހުން ލިބޭނީ ދޭއް ނުވަތަ ތިން ވަޒީރަކަށޭ ދެން ނުލިބޭނެއޭ އެކަކަށް ވެސް ޔަގީން ނުލިބޭނެއޭ ސަރުކާރެއް އޮތް ކަމަށް ރައްޔިތުންނަށް އެއްގޮތަކަށް ވެސް އިހްސާސް ނުކުރެވެއޭ މިހާރު...

comment ސ

1 year 4 month ago

ވެރިކަން ވައްޓާލުމަށް އުޅެނީ އިންޑިޔާއިން ގިނައަދަދަކަށް ފައިސާ މެންބަރުންނަށް ދީގެންކަމަށް ބެލެވޭ.

comment ޙައްގުބަސް.

1 year 4 month ago

އެމްޑީޕީ ބޮޑުތަނުން ރައްޔިތުން ފޫހިވާނެ މިގޮތައް ކަންތަ ކުރަންޏާ.

comment އިސްމާޢީލް

1 year 4 month ago

މިދަޢުރުގެ އެމްޑީޕީ މެންބަރުނަށް ތާޢީދެއް ނެތްކަން މިރިޔާސީ އިންތިޚާބުން މިވަނީ ޔަޤިންވެފައި ، އަދި މިދައުރުގެ މަޖުލީހަކަށް ރައީސް ޢަޒަލުކުރުމުގެ އެއްވެސް މައްސަލައެއް ބެލިގެން ނުވާނެ . ދެން ރައީސްގެ އިތުބާރު އޮތްތޯ ނެތްތޯ ބަލާނީ ދެންއަންނަ މަޖުލީހަކަށް މެންބަރުން .

comment ތައި

1 year 4 month ago

ދެންބޭނުންވާނީ 52 މެންބަރުން. އެއީ ތިންބައި ކުޅަ ދެބައި.

comment ޔަހުޔާނ

1 year 4 month ago

ރައީސުން މާ ގިނައީ ހިއުމަންރައިޓްސް ރައީސް ކައުންސިލް ތަކުގެ ރައީސުން ސިވިލް ކޮމިޝަން ރައީސް މަޖްލިސް ރައީސް

comment ސސ

1 year 4 month ago

ގޮޅީގައި ކިތަންމެ ސޭލް ތަކާއި ނީލަން އެޅުވިޔަސް ސިޔާސީ ހަށިވިއްކިޔަސް ތިޔަ ގޮޅި ގަންނާނެ ބަޔަކުނޫޅޭ، ނީލަންކިޔާނެ ދުވަސްތަށް ވަރަށް ކުޑަތަންވެއްޖެ !

comment އުކުޅަހު ބޮޑޭ

1 year 4 month ago

ވެރިކަން އަތުން ބީވެގެން ދިޔައިމަ ހަޖަމް ނުކުރެވިގެން އުޅޭތަން މިފެންނަނީ

comment ޢަހު

1 year 4 month ago

ތިހެން ގައުމުގެ ކަންކަން އިސްލާހު ނުކުރެވޭނެ އަހަރެމެންކައިރިއަށް ވޯޓް ހޯދަން ނާންނާތި ކލޭމެން