ތްރެޑްސްގެ ޕޯސްޓްތައް އެހެން ޕްލެޓްފޯމްތަކުން ވެސް ފެންނަގޮތް ހަދަނީ

މެޓާގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ ތްރެޑްސްގެ ޕޯސްޓްތައް އެހެން ޕްލެޓްފޯމްތަކުގައި ވެސް ފެންނަން ހުންނަ ގޮތް ހެދުމަށް "ކްރޮސް ޕްލެޓްފޯމް"ގެ ފީޗާއެއް ޓެސްޓްކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއީ މިދިޔަ ޖުލައި މަހު އެޕް ތައާރަފުކުރިއިރު އިއުލާނުކުރި ޕްލޭނެއް ކަމަށްވާ "އޯޕަން އިންޓައޮޕަރޭބަލް ސޯޝަލް ނެޓްވޯކް"އާ އެއްގޮތަށް ތްރެޑްސް ހެދުމަށް މެޓާއިން ކުރިން ވެފައިވާ ވައުދާ އެއްގޮތަށް އެޅި ފިޔަވަޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގް ވިދާޅުވީ މި ފީޗާގެ ސަބަބުން ކޮންޓެންޓާ ގުޅޭ ގޮތުން އިތުރު ޗޮއިސްތަކެއް ލިބެނެ ކަމަށާއި، އޭގެ ސަބަބުން ޕޯސްޓުތައް ޝެއާކުރެވޭ މިންވަރު ފުޅާވެގެންދާނެ ކަމަށެވެ.

މަޝްހޫރު މެސްޓޯޑޮން އަކީ ތްރެޑްސްއާ އެއްގޮތް ކަންތައްތަކެއް ހިއްސާކުރާ އަދި ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވި އެލޮން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" އާވެސް ދާދި އެއްގޮތަށް ކުރިއަށް ގެންދާ ޕްލެޓްފޯމެކެވެ.

މެސްޓޯޑޮން އެކްޓިވިޓީޕަބް ފްރޭމްވޯކްގެ ދަށުން އޮޕަރޭޓްކޮށް، ސޯޝަލް މީޑިއާގެ މިނިވަން ތަޖުރިބާތައް ޔޫޒަރުންނަށް ލިބެއެވެ.

މިދިޔަ ޖުލައި މަހު ތްރެޑްސްއިން ވަނީ އެކްޓިވިޓީޕަބްއާ ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުން ފާޅުކޮށް، ޔޫޒަރުންނަށް އެ މީހުންގެ ކޮންޓެންޓް ތްރެޑްސް ފިޔަވައި އެހެން ޚިދުމަތްތަކަށް ބަދަލުކުރުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

ލޯންޗްކުރިތާ ފަސް ދުވަހުގެ ތެރޭގައި 100 މިލިއަނަށް ވުރެ ގިނަ ސައިންއަޕް ހޯދާފައިވާ މި ޕްލެޓްފޯމް ޑިސެމްބަރު މަހު ޔޫރަޕްގައި ރޯލްއައުޓް ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެކި މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ކްރޮސް ޕްލެޓްފޯމް އެކްސެސިބިލިޓީއާ ދިމާލަށް އެޅި ފިޔަވަޅަކީ މެޓާއިން މިހާރަށްވުރެ ބޮޑަށް ޔޫޒަރުންނާ ރައްޓެހި ސޯޝަލް މީޑިއާ މާހައުލެއް އުފެއްދުމަށް ކުރާ މަސައްކަތާ ގުޅިފައިވާ ފިޔަވަޅެކެވެ.

comment ކޮމެންޓް