އޭއައިއަކީ ދެފުށް ފެންނަ ގޮތަށް އޮންނަން ޖެހޭ އެއްޗެއް: މޯދީ

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ ގްލޯބަލް ޕާޓްނާޝިޕް އޮފް އާޓިފިޝަލް އިންޓެލިޖެންސް (ޖީޕީއޭއައި) ސަމިޓު --

އޭއައިއަކީ ދެފުށް ފެންނަ ގޮތަށް އޮންނަން ޖެހޭ ޓެކޮނޮލޮޖީއެއް ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ ގްލޯބަލް ޕާޓްނާޝިޕް އޮފް އާޓިފިޝަލް އިންޓެލިޖެންސް (ޖީޕީއޭއައި) ސަމިޓު ފައްޓަވައި ދެއްވަމުން މޯދީ ވިދާޅުވީ އިންޑިއާ ސަރުކާރުން ދެކޭ ގޮތުގައި އޭއައިއިން ޑިޖިޓަލް އިގްތިސާދު ކުރިއަރުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އޭއައިއަކީ ހަމަ ޔަގީނުން ވެސް ބަދަލުތައް ގެނުވާ ޓެކްނޮލިޖީއެއް ކަމަށާއި ނަމަވެސް ވީހާ ވެސް ދެފުށް ފެންނަ ގޮތަށް ހެދުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އޭއައިގެ ޑޭޓާ އާއި އެލްގޯރިދަމްތަކަކީ ވަކި ފަރާތަކަށް ނުޖެހޭ ޓެކްނޮލޮޖީއަކަށް ހެދޭނަމަ އެއީ ރަނގަޅު ފެށުމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އޭއައިގެ އަޚްލާޤީ ބޭނުންތަކަށް އަލިއަޅުއްވާލައްވައި، އޭއައިގެ ޤާބިލުކަމާއި ލިމިޓޭޝަންތައް ދެނެގަތުމަށް އިންޑިޔާގެ ޒުވާނުންނަށް އޭނާ ހިތްވަރު ދެއްވިއެވެ.

"އޭއައިގެ އަޚްލާޤީ ބޭނުންތަކަށް ބައިނަލްއަގްވާމީ އޮނިގަނޑެއް އެކުލަވާލުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ،" އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާގެ ޔޫނިއަން މިނިސްޓަރު އަޝްވިނީ ވައިޝާވް ވިދާޅުވީ އޭއައި ވެގެންދާނީ ސިއްހީ ދާއިރާއާއި ތައުލީމާއި ފެނުގެ ވަސީލަތްތަކާއި ދަނޑުވެރިކަމުގެ ގިނަ ދާއިރާތަކަކަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ އެއްޗަކަށް ކަމަށެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އިއްޔެ ފެށި ޖީޕީއޭއައި ސަމިޓް އޮންނާނީ މާދަމާގެ ނިޔަލަށެވެ. އެ ސަމިޓްގައި އޭއައިގެ ހުރިހާ ކަމަކާއި އެއާ ގުޅިފައިވާ ނުރައްކާތަކާ ބެހޭ ގޮތުން ގިނަ ލީޑަރުންނާއި މެހެމާނުން މަޝްވަރާ ކުރާނެއެވެ.

ޖީޕީއޭއައި އުފެދުނީ 2020 ވަނަ އަހަރު ކަމަށްވާއިރު، ކެނެޑާއަކީ އެންމެ ފުރަތަމަ އެ ސަމިޓް ބޭއްވި ގައުމެވެ. އޭގެފަހުން 2021 ވަނަ އަހަރު ފްރާންސްގައި މިދިޔަ އަހަރު ޖަޕާނުގައިއެވެ.

comment ކޮމެންޓް