ކުރިން ޚިދުމަތްކޮށްފައިވާ ސިއްޙީ ޚިދުމަތްތެރިން އަލުން ދާއިރާއަށް ނެރުމުގެ މަސައްކަތް ފަށައިފި

އައިޖީއެމްއެޗުގައި ނަރުހުންތަކެއް މަސައްކަތްކުރަނީ --

އެކި ސަބަބުތަކާ ހުރެ ޚިދުމަތުން ދުރުވެފައިވާ ސިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިފިއެވެ.

އެ ގޮތުން އެ މިނިސްޓްރީން ވަނީ ދާއިރާގެ ޚިދުމަތްތެރިން އަލުން ނެރުމުގެ މަސައްކަތް ފެށުމުގެ ގޮތުން، އެކަމަށް ޚާއްޞަ ދިރާސާއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ.

މިކަމާ ގުޅޭ ގޮތުން ހެލްތް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ތަފާތު ސަބަބުތަކާ ހުރެ ޚިދުމަތުން ދުރުވެފައިވާ ސިއްޙީ ޚިދުމަތްތެރިން އަނބުރާ ހިދުމަތަށް ނެރުމަށްޓަކައި، ވަކި ސިޔާސަތެއް ކަނޑައެޅުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް އަމާޒުކޮށްގެން ދިރާސާއެއްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޚާއްޞަ ކުރެވިފައިވާ ލިންކު މެދުވެރިކޮށް މިމަހުގެ 19 ވަނަ ދުވަހުގެ 14:00ގެ ކުރިން ފުރިހަމަކުރެއްވުމަށް ހެލްތު މިނިސްޓްރީން ވަނީ އެދިފައެވެ.

އެކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން އެ މިނިސްޓްރީގެ ނަންބަރު 3014407 ،3014419އަށް ގުޅަން އެ މިނިސްޓްރީން އެދެއެވެ.

ނިމިދިޔަ ސަރުކާރުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ޓަކައި ކުރި މަސައްކަތްތަކުގެ ތެރެއިން މިދިޔަ މެއި މަހު ވަނީ ސިއްޚީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައެވެ.

comment ކޮމެންޓް