10 ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދޭން ނިންމައިފި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: 10 ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރެވޭގޮތް ހަދަން ވަނީ ނިންމާފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގުރޭޑު 10 ނިންމާ ދަރިވަރުންނަށް އިމާމުވެ، ހުކުރު ނަމާދުކޮށް، ޚުތުބާ ކިޔުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒުވާން އިމާމުންނާއި ޚަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގުރޭޑު 10،11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ޤުރުއާން ކިޔަވައި އަދި ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެގޮތަށް ދަރިވަރުންނަށް ހުއްދަ ދޭން ނިންމީ ޒުވާން ޚަތީބުންނާއި އިމާމުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އިމާމުގެ ހުކުރު ނަމާދު ކުރަން ވަކި ސަނަދެއް ބޭނުންވެއެވެ. މިހާރު އެ ހުއްދަ ދޫކުރަނީ އެސްއެސްސީ ނުވަތަ އެޗްއެސްސީ އިމްތިހާނުގެ ދިވެހި އަދި އިސްލާމުން ދަށްވެގެން ސީ ފާސް، ނުވަތަ އަރަބި މީޑިއަމުން ސާނަވީ ދެވަނަ އަހަރުން ފާސްވެފައިވާނަމައެވެ. އަދި، ޤުރުއާނާއި ފިޤުހު ހިމެނޭހެން ގައުމީ ސަނަދުގެ ލެވެލް ތިނަކުން މަތީގެ ސެޓްފިކެޓެއް އޮންނަން ޖެހެއެވެ.

ނަމަވެސް މިއަދު ގެނެވުނު ބަދަލާ އެކު ސްކޫލު ނިންމާ ދަރިވަރުންނަށް ވެސް މިހާރު ޚުތުބާ ކިޔުމުގެ ސަނަދު ހޯދޭނެއެވެ.

comment ކޮމެންޓް