21 އަހަރުގެ ޚިދުމަތަށްފަހު އެލައިޑުގެ އެމްޑީކަމަށް ލުވައިޒު

އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ލުވައިޒް --

އެލައިޑް އިންޝުއަރެންސްގައި 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ އެ ކުންފުނީގެ މެނޭޖަރު ހުސައިން ލުވައިޒް ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މިއަދު އައްޔަންކޮށްފިއެވެ.

އެލައިޑުންވަނީ އޭނާ މަގާމަށް އައްޔަންކުރިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

ލުވައިޒް އެލައިޑް އިންޝުއަރެންސްގެ ވަޒީފާއާ ގުޅުނީ 2002ވަނަ އަހަރެވެ. އެކި މަގާމުތައް ފުރުއްވުމަށްފަހު އެންމެފަހުން މިއަދާ ހަމައަށް އޭނާ ހުންނެވީ ކުންފުނީގެ ކްލެއިމް ސެކްޝަންގެ މެނޭޖަރުގެ ގޮތުގައެވެ.

ލުވައިޒަކީ ހިންގުމުގައި ގިނަ ތަޖުރިބާތަކެއް ހާސިލްކުރައްވައިފައި ހުންނެވި ބޭފުޅެކެވެ.

އޭނާވަނީ އޮސްޓްރޭލިއާގެ ޗާޓާޑް އިންޝުއަރެންސް އިންސްޓިޓިއުން ތައުލީމް ހާސިލްކުރައްވައިފައެވެ. އަދި ނިއުޒިލޭންޑްގެ އިންސްޓިޓިއުޓް އޮފް އިންޝުއަރެންސް އެންޑް ފިނޭންސް އިން ވެސް ތައުލީމް ހާސިލްކުރައްވައިފައެވެ. މީގެ އިތުރުން މެލޭޝިއާގެ އިންޝުއަރެންސް އިންސްޓިޓިއުޓުން ވެސް ތައުލީމް ހާސިލްކުރައްވައިފައެވެ.

ލުވައިޒް މަގާމާ ހަވާލުވުމާ ހަމައަށް މީގެ ކުރިން އެ މަގާމުގައި ހުންނެވީ މުޙައްމަދު ޝަފާޒެވެ.

comment ކޮމެންޓް