މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމްގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމްގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް ވަނީ ހަމަޖައްސައިފައި -- ފޮޓޯ/ އެލައިޑް

"މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް"ގެ އިންޝުއަރަންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސް ހަމަޖައްސައިފިއެވެ.

މި އަންނަ މަހު ހަވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މެރިން ފޯރަމަކީ ރާއްޖޭގެ ކަނޑުގެ ސިނާއަތާ ގުޅުންހުރި ފަރާތްތަކުން މުހިންމު މަޝްވަރާތަކެއް ކުރުމަށް އަހަރަކު އެއް ފަހަރު ބާއްވާ ބައްދަލުމެކެވެ.

މިއިވެންޓްގައި ސަރުކާރުގެ ކަމާބެހޭ އިސްވެރިންގެ އިތުރުން މިދާއިރާގެ އިސް ސަފުގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތައް ބައިވެރިވެ، ޚިޔާލު ބަދަލުކޮށް، ސިނާއަތުގައި ކުރިމަތިވާ މުހިންމު އަދި އަސާސީ ގޮންޖެހުންތައް ދެނެގަނެ، ހައްލު ހުށަހަޅައި މިފަދަ މައްސަލަތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

މީޑިއަމް އިވެންޓްސްއިން ރާވާ މިއިވެންޓްގެ އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުގައި މިއަހަރުވެސް ބައިވެރިވުމަށް އެލައިޑްއިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ލީޑިންގް އިންޝުއަރާގެ ހައިސިއްޔަތުން ދާއިރާއަށް ދޭ އަހައްމިއަޔަތުގެ ތެރެއިން މިއަހަރުގެ މެރިން އިންޑަސްޓްރީ ފޯރަމްގެ ޕެނަލް ޑިސްކަޝަންގައިވެސް ބައިވެރިވުމަށް އެލައިޑުން ދަނީ ތައްޔާރުވަމުންނެވެ.

އެކުންފުނީގެ ފަރާތުން ޕެނަލްގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ އެލައިޑް އަންޑާ ރައިޓިން ޑިޕާޓްމަންޓްގެ ޑެޕިއުޓީ މެނޭޖަރު ހުސެއިން ސަވާދުއެވެ.

ޕެނަލް ޑިސްކަޝަންގައި އެލައިޑުން އަލިއަޅުވާލާނެ މައިގަނޑު ބައިތަކުގެ ތެރޭގައި މެރިން އިންޑަސްޓްރީގެ ތެރޭގައި އެލައިޑުން އަދާކުރާ ދައުރާއި އިންޝުއަރަންސް މެދުވެރިކޮށް ދާއިރާގެ ޚިދުމަތްތެރިންނަށް ރައްކާތެރިކަން ހޯދޭނެ ގޮތްތައް ހިމެނެއެވެ.

ހަމަމިއާއެކު ބައިވެރިންގެ މެދުގައި އިންޝުއަރަންސްގެ ރޮނގުން ހުރި ސުވާލުތަކަށް ޖަވާބުދިނުންވެސް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދާއިރާގައި މަސައްކަތް ކުރާ އެހެނިހެން ފަރާތްތައް މިފޯރަމްގައި ބައިވެރިވާން އެދޭނަމަ އިވެންޓް ރަޖިސްޓްރޭޝަން ލިންކް ފުރިހަމަކޮށްގެން އެފުރުސަތު ފަހިވާނެ ކަމަށް މީޑިއަމް އިވެންޓްސްއިން ބުނެފައިވެއެވެ.

comment ކޮމެންޓް