މަސްވެރިންނާއެކު މަޝްވަރާ ކުރުމަށް ''މަސްވެރިންގެ ގުންޒަރު''ގެ ނަމުގައި ފޯރަމެއް

މަސްވެރިންގެ ގުންޒަރުގެ ތެރެއިން -- ފޮޓޯ/ އިންފިނިޓް މޮމެންޓްސް، މުހައްމަދު މާވީ

މަސްވެރިންގެ ދުވަހަ ގުޅިގެން މަސްވެރިންނާއި، މަސްވެރިކަމުގެ އިންޑަސްޓްރީގެ ބޭފުޅުންނާއި ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކާ މަޝްވަރާ ކުރުމަށް "މަސްވެރިންގެ ގުންޒަރު"ގެ ނަމުގައި ފޯރަމެއް ފަށައިފިއެވެ.

މީރުމާ ހޯލުގައި ކުރިއަށް ގެންދާ މި ފޯރަމް އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ. މިއަދު ހެނދުނު ފެށި މި ފޯރަމް މިއަދު ހަވީރު 05:00އާ ހަމައަށް ކުރިއަށް ދާނެއެވެ.

މި ފޯރަމްގެ މަގުސަދަކީ، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސިނާއަތާ ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ، ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާ އަދި ސިނާއަތް ކުރިއެރުވޭނެ ގޮތް މަޝްވަރާ ކުރުމެވެ.

މި ފޯރަމްގައި ތަފާތު މައުލޫތަކަށް މަޝްވަރާ ކުރާނެއެވެ. އެގޮތުން މަޝްވަރާ ކުރާނެ މައުލޫތަކަކީ:

  • ދިވެހި ރާއްޖޭގައި ކަޅުބިލަ މަހުގެ މަސްވެރިކަމަށް ލިބިފައިވާ އެމްއެސްއީ ސެޓްފިކެޓް ދެމެހެއްޓުމަށް ކުރާ މަސައްކަތް
  • ޔޫރަޕާ އެމެރިކާ ފަދަ މާކެޓްތަކަށް ބޮޑު ކަންނެލީގެ އެކްސްޕޯޓް ކުރުން މެދުކެނޑުމެން ނެތި ދެމެހެއްޓުމަށްޓަކާ ކުރާ މަސައްކަތް
  • ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ޑައިވިން އެކްސިޑެންޓުތައް މަދުކުރުމަށް މަސްދޯނިތަކުގައި ރެސްކިއު ޑައިވންއަށް ސެޓިފައި ވެފައިވާ ފަޅުވެރިން ތިބުމުގެ މުހިންމުކަން
  • ރައްކާތެރިވުމާ ހޭލުންތެރިވުމާ ގުޅިގެން މައުލޫމާތު ދިނުން

މި ފޯރަމްގައި މަސްވެރިކަމާ ގުޅޭ ޖަމިއްޔާތަކާ ގިނަ އަދަދެއްގެ މަސްވެރިން ބައިވެރިވެފައި ވެއެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ. މާދަމާއަކީ ރާއްޖޭގެ 43ވަނަ މަސްވެރިންގެ ދުވަހެވެ.

comment ކޮމެންޓް