އަމީނީމަގުގެ ނުނިމި އޮތް ބައި ހަދަން ފަށައިފި

އަމީނީމަގު ހެދުމުގެ މަސައްކަތް ފެށުން: ސަން ފޮޓޯ: އަޙްމަދު ޝިޔާމް

ވޭތުވެ ދިޔަ ސަރުކާރުގައި ތަރައްގީ ކުރުމުގެ މަސައްކަތް ފެށި، އަމީނީ މަގުގެ ނުނިމި އޮތްބައި ހަދަން މިއަދު ފަށައިފިއެވެ.

އާރްޑީސީން ބުނީ މިހާރު އަމީނީ މަގުގައި ނުނިމި އޮތީ ސެގްމެންޓް 12 އަދި 13 ގެ މަސައްކަތް ކަމަށެވެ.

އަމީނީ މަގުގެ ނުނިމި އޮތް ބައި މިއަދު ހަދަން ފެށުމާއެކު، އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުވެ ޓްރެފިކް ފްލޯ އަށް ވެސް ވަނީ ބަދަލު ތަކެއް ގެނެސްފައެވެ.

މި މަސައްކަތް އާރުޑީސީއިން އަނެއްކާ ވެސް ފަށާފައިވާއިރު މަސައްކަތް ނިންމާނެ ދުވަހެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، ޕްލޭނިން މިނިސްޓްރީން ފުރަތަމަ ބުނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ކުރިން އެ މަސައްކަތް ނިމޭނެ ކަމަށެވެ. އެހެން ނަމަވެސް ފަހުން އެ މިނިސްޓްރީން ބުނީ، ރައީސް ޞާލިހުގެ ދައުރު ނިމުމުގެ ކުރިން އެ މަސައްކަތް ނުނިމޭނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ. މި ޕްރޮޖެކްޓް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.

comment ކޮމެންޓް