ޕޯޓަލް މެދުވެރިކޮށް ޖަމްއިއްޔާތައް ރަޖިސްޓްރީކުރުން ހުއްޓާލައިފި

ޔޫތު މިނިސްޓްރީން "މީސް ޕޯޓަލް" --

ޕޯޓަލް މެދުވެރިކޮށް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުން ހުއްޓާލައިފިއެވެ.

މިކަމާ ގުޅިގެން، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރަމުންއައި ''މީސް ޕޯޓަލް'' މެދުވެރިކޮށް ރަޖިސްޓްރީކުރުން އިއްޔެއިން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ.

ދެން ޖަމްއިއްޔާތައް ރަޖިސްޓްރީކުރުން ކުރިއަށްދާނީ [email protected] އީމެއިލް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ނަންބަރު 3347300 އިން ހޯދޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

އެ ބަދަލު ގެނައި ސަބަބެއް މިނިސްޓްރީން ހާމަކޮށްފައެއްނުވެއެވެ.

ޔޫތު މިނިސްޓްރީން "މީސް ޕޯޓަލް"ގައި ޖަމްއިއްޔާތައް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މެއި މަހުގެ ހަތް ވަނަ ދުވަހުއެވެ.

comment ކޮމެންޓް