ބަކާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް

ބަކާގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފުތަރުގައި މިނިސްޓަރު އަބްދުﷲ ރާފިއު ލިޔުއްވަނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އައިފަހުން ނިޔާވި، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ހުޅުވި މި ދަފުތަރުގައި އެންމެ ފުރަތަމަ ސޮއި ކުރެއްވީ އެ ވުޒާރާގެ ވަޒީރު އަބްދުﷲ ރާފިއުއެވެ.

ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޮލިމްޕިކް ކޮމިޓީގެ ވެރިންނާއި އެފްއޭއެމްގެ ވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި ބަކާއެކު މަސައްކަތް ކުރި ކޯޗުންނާއި އޭނާއާއެކު ކުޅުނު ކުޅުންތެރިން ވެސްވަނީ އެ ފޮތުގައި ތައުޒިޔާގެ މެސެޖު ލިޔެ ސޮއިކޮށްފައެވެ.

މި ދަފުތަރުގައި ސޮއި ކުރުމުގެ އިންތިޒާމު މިހާރު ކުރިއަށްދާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ނިމެންދެން ގަލޮޅު ދަނޑުގައި ހަމަޖެހިފައިވާނެ ކަަމަށް ކުޅިވަރާޢި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އުމުރުން 38 އަހަރުގެ ބަކާ ނިޔާވީ ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ބަކާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.

comment ކޮމެންޓް