ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމުގެ ދައުރު ހަމަވި ފާތިމަތު އާމިރާ -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

ސީއެސްސީއިން މަގާމެއް ހުސްވީ އެ ކޮމިޝަންގެ މެންބަރަކަށް ހުންނެވި ފާތިމަތު އާމިރާގެ ދައުރު މި ފަހުން ހަމަވުމާ ގުޅިގެންނެވެ.

އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 18 އާއި 19 ވަނަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

ސީއެސްސީގައި މި ވަގުތު ހަތަރު މެންބަރުން އެބަތިއްބެވެ. އެއީ ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހާއި ނައިބު ރައީސް އިބްރާހީމް ރަޝީދުގެ އިތުރުން ކޮމިޝަންގެ މެންބަރު މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފެވެ.

comment ކޮމެންޓް