22 އަހަރަށް ފަހު ވަޖީހުގެ ފިލްމެއް: ޕްރިމިއާއަށް ރާއްޖެ އަތުވެއްޖެ

މާދަމާރޭ ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ނޮވެމްބަރު"ގެ ޕްރިިމިއާއަށް ކުރީގެ މަޝްހޫރު ފިލްމީތަރި އިސްމާއިލް ވަޖީހު މާލެ އަތުވެއްޖެއެވެ.

އޭނާއާއެކު މިފިލްމުގައި ބައިވެރިވާ އޭނާގެ ދަރިފުޅު ތަރީޝް އިސްމާއިލް ވެސް ވަނީ އޭނާއާއެކު މާލެ އައިސްފައެވެ.

ވަޖީހާ އެކު މި ދަތުރުގައި ރާއްޖެ އައި އިތުރު ބައިވެރިންނަށް އެއާޕޯޓުން މަރުހަބާކީ ނޮވެމްބަރު ފިލްމު އުފެއްދި ޑާކްރެއިން އެންޓަޓެއިންމަންޓުގެ ޓީމުންނެވެ. އެ ގޮތުން މި ފިލްމުގެ ޕްރޮޑިއުސަރެއް ކަމަށްވާ މުހައްމަދު އަލީ (މޮގާ) ވެސް އޭނާއަށް އެއާޕޯޓުން މަރުހަބާ ކިޔުމުގައި ބައިވެރިވިއެވެ.

ވަޖީހުއާއި، ދަރިފުޅު ތަރީޝްގެ އިތުރުން އާއިލާގެ އިތުރު ތިން މެންބަރުންވެސް މި ދަތުރުގައި މާލެ އައިސްފައިވެއެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދައިފައިވާ ނޮވެމްބަރު ފިލްމުގައި ވަޖީހު ކުޅެފައިވަނީ ފިލްމުގެ މައިގަނޑު ޕުލޮޓާއި ވަރަށް ބޮޑަށް ގުޅުން ހުރި ރޯލެކެވެ. އަދި އޭނާގެ ދަރިފުޅުވެސް އެ ފިލްމުގައި ކުޅެފައިވަނީ ހަމަ އެހާމެ މުހިންމު ރޯލެކެވެ.

މި ފިލްމަކީ ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދައިފައިވާ ލޯބީގެ ފިލްމެކެވެ.

މި ފިލްމުގެ މައިގަނޑު ރޯލުން ފެންނާނީ ޑާކް ރެއިން އެންޓޓެއިންމަންޓުގެ ގިނަ ފިލްމުތަކެއްގައި އެއްކޮށް ހަރަކާތްތެރިވެފައިވާ ޖޯޑެއް ކަމަށްވާ މަރްޔަމް މަޖުދާ އާއި ޖުމައްޔިލް ނިމާލެވެ.

މި ފިލްމުގެ ޝޫޓިންތަށް ތަފާތު އެކި ލޮކޭޝަންތަކުގައި ނަގާފައިވެއެވެ. އޭގެ ތެރޭގައު ސިންގަޕޫރާއި، އައްޑޫ ސިޓީ އަދި ލ. އަތޮޅުގެ ބައެއް ރަށްރަށުގެ އިތުރުން ތުލުސްދޫ އާއި މާލެ ސަރަހައްދު ހިމެނެއެވެ.

މި ފިލްމުގެ ޓިކެޓުތައް ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށް އޮލިމްޕަހުގެ ޓިކެޓު ކައުންޓަރުގައި ހުޅުވިފައި ހުންނާނެއެވެ. އަދި އިތުރު މައުލޫމާތަށާއި ޓިކެޓު ހޯދުމަށް ނަން ނޯޓު ކުރުމަށް 9911229 ނަންބަރަށް ވައިބާ، ވަޓްސްއެޕްގެ އިތުރުން އެސްއެމްއެސްއަކުން ވެސް މުޢާމަލާތުކުރެވޭނެއެވެ.

މި ފިލްމުގެ ޕްރިމިއާ ޝޯގެ ޓިކެޓެއްގެ އަގަކީ 200 ރުފިޔާއެވެ. އަދި އާންމު ޝޯތަކުގެ އަގަކީ 150 ރުފިޔާއެވެ.

comment ކޮމެންޓް