ބޮޑެތި އިނާމުތަކަކާއެކު މި އަހަރު ވެސް އެސްޓީއޯގެ "ހެއްޔާ މަކިޓާ" ފަށައިފި

އެސްޓީއޯއިން ހެއްޔާ މަކިޓާ ޕްރޮމޯޝަން 2023 މިއަދ ފަށައިފި--

އަގުހުރި އިނާމުތަކާއެކު އެސްޓީއޯއިން ކޮންމެ އަހަރަކު ވެސް ބާއްވާ 'ހެއްޔާ މަކިޓާ' ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު، މުހައްމަދު އީމާނެވެ.

މި ޕްރޮމޯޝަން އެސްޓީއޯ މަކިޓާ ޝޯރޫމުގެ އިތުރުން ރީޖަނަލް އައުޓްލެޓު ތަކުގައި ވެސް ކުރިއަށްދާނެކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 11ގެ ނިޔަލަށްކަމަށެވެ.

އެސްޓީއޯގެ އެމްޑީ ހެއްޔާ މަކިޓާ ޕްރޮމޯޝަން ފައްޓަވައިދެއްވަނީ ---

މި ޕްރޮމޯޝަނުގެ ދަށުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އެއާއެެކު 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

މި ޕްރޮމޯޝަން ނިމުމަށްފަހު ގުރުއަތުން ހޮވޭ މީހުންގެ ތެރެއިން އެއްވަނަ ނަސީބުވެރިއަކަށް މަކިޓާ ޝޯރޫމްގެ 30،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ.

ދެވަނައަށް ދާ ނަސީބުވެރިއަކަށް 20،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭއިރު، ތިންވަނައަށް 10،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ ޕްރޮމޯޝަން ނިމެންދެން ކޮންމެ ހޮނިހިރު ދުވަހަކު މަކިޓާ ޝޯރޫމްގައި މަކިޓާ ޓޫލް ބޭނުންކޮށްގެން އިސްކުރު ޖެހުމުގެ މުބާރާތެއް ވެސް ކުރިޔަށްދާނެ ކަމަށެވެ.

މި މުބާރާތުގައި އެންމެ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ އިސްކުރު ޖަހައި ފަރާތެއް ހޮވައި އިނާމެއްގެ ގޮތުގައި އެ މީހަކަށް މަކިޓާގެ އުފެއްދުމެއް ލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް