މަސް ބާނަން ހުއްޓައި ހާލު ދެރަވެ، ފަޅުވެރިއަކު މާލެ ގެނެސްފި

ހާލެު ދެރިވި ފަޅުވެރިޔާ-- ފޮޓޯ/ އެމްއެންޑިއެފް

މާލެ އަތޮޅު "މާހާ ހަލު"ގައި މަސްވެރިކަން ކުރަމުންދިޔަ ކޯމަސް ދޯނީގައި ހުރި ފަޅުވެރިއަކު މަސް ބާނަން ހުއްޓައި، އޭނާގެ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓުގާޑުން އޭނާ މޭލެ ގެނެސްފިއެެވެ.

އެމްއެންޑީއެފުން ބުނީ އެ ފަޅުވެރިޔާގެ ހާލުދެރަވެ އެހީތެރިކަމަށް އެދުނީ މިއަދު ހެނދުނު 07:20 ހާއިރު ކަމަށެވެ.

އެހީއަށް އެދުމުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑުުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ދިޔައީކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެއާއެކު އޭނާ މާލެ ގެނެވުނީ މިއަދު 09:22 ހާއިރުކަމަށް ވެސް އެމްއެންޑީއެގުން ބުންޏެވެ.

ކަނޑުމަތީގައި މިފަދަ ކަންކަން މަދުން ނަމަވެސް ހިނގައެވެ. އެ ފަދަ ހާދިސާތައް ހިނގުމާއެކު ކޯސްޓުގާޑުގެ އެހީއަށް އެދުމުން އެހީތެރިކަން ވެސް އެމްއެންޑީއެފުން ފޯރުކޮށްދެއެވެ.

comment ކޮމެންޓް