އެމެރިކަން އެކްސްޕްރެސްއިން ވިޔަފާރިކޮށްގެން ހަފުތާއަކު ބޮޑު އިނާމެއް

އެމެރިކަން އެކްސްޕްރެސްއިން ވިޔަފާރިކޮށްގެން ހަފްތާއަކު ބޮޑު އިނާމެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހަފުތާއަކު ބޮޑު އިނާމެއް ދޫކުރާ، ޚާއްސަ ޕްރޮމޯޝަނެއް ލޯންޗުކޮށްފިއެވެ.

މި ޕްރޮމޯޝަނައަކީ ބީއެމްއެލްއިން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފްކުރި ޕްރޮމޯޝަނެކެވެ.

ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ދެ މީހަކަށް 25،000 ރުފިޔާގެ އަގުހުރި ގިފްޓް ބަންޑަލެއް ލިބޭނެއެވެ.

އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް ފިޓްނަސް، ކަލިނަރީ، ވެލްނަސް އަދި އެންޓަރޓެއިންމަންޓާ ގުޅުންހުރި ގިފްޓް ބަންޑަލް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ މާދަމާ އިން އަންނަ މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް