ވޮލީބޯލް އެސޯސިއޭޝަން ކަޕް އަންނަ އާދީއްތަ ދުވަހު ފަށަނީ

ވޮލީބޯލް އެސޯސިއޭޝަން ކަޕް 2022ގެ ތެރެއިން -- ފޮޓޯ/ ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯލް އެސޯސިއޭޝަން ކަޕް އަންނަ އާދީއްތަ ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ.

އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި ޖުމުލަ 15 ޓީމަކުން ވާދަކުރެއެވެ.

ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ކުރިއަށްގެންދާ އެ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އައްޑޫ ސްޕޯޓްސް ކްލަބާއި ޕިނެކްލް ސްޕޯޓްސް ކްލަބެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 8:15 ގައެވެ.

ހަތަރު ޕޫލަކަށް ބަހާލައިގެން ކުޅުމަށް ފަހު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ޕޫލެއްގެ އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.

ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ވާދަކުރާ ޓީމުތައް:

  • ރަންވެލި ސްޕޯޓްސް ކްލަބު
  • ބްރަދަހުޑް ސްޕޯޓްސް ކްލަބު
  • ކްލަބު ހާފް ލައިން ލިންކޭޖް
  • ޔޫތު ސްޕޯޓްސް ކްލަބު
  • އައްޑޫ ސްޕޯޓްސް ކްލަބު
  • ޕިނެކްލް ސްޕޯޓްސް ކްލަބު
  • ކްލަބު އާބަންކޯ
  • ޑަބްލިޔު ސްޕޯޓްސް ކްލަބު
  • ވިލިނގިލި ޒުވާނުންގެ ޖަމިއްޔާ
  • ގުޑީސް ސްޕޯޓްސް ކްލަބު
  • ބީޖީ ސްޕޯޓްސް ކްލަބު
  • ޔޫތު ނިއު ޖެނެރޭޝަން
  • ސިޓީ ސްޕޯޓްސް ކްލަބު
  • އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބު
  • ވޮލީބޯލް ފެމިލީ އެސޯސިއޭޝަން
comment ކޮމެންޓް