އެމްޑަބްލިއުއެސްސީ އާއި ފެނަކަ ހިމެނޭހެން ގިނަ ކުންފުނިތަކަށް އެމްޑީން ހަމަޖައްސައިފި

އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު (ރ) އަދި ފެނަކައިގެ އާ އެމްޑީ މުއާޒް މުހައްމަދު ރަޝީދު --

މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އާއި ފެނަކަ ކޯޕަރޭޝަން ހިމެނޭހެން ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރައްވައިފިއެވެ.

އެމްޑީން އައްޔަން ކުރައްވަފައިވާ ކުންފުނި ތަކަކީ:

  • މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް: ރ. ހުޅުދުއްފާރު، ނާރެސް، އަބްދުލް މަތީން މުހައްމަދު
  • ފެނަކަ ކޯޕަރޭޝަން: ގދ. މަޑަވެލި، ނެޕްޗޫން، މުއާޒް މުހައްމަދު ރަޝީދު
  • މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ: ހ. ލައިނޫފަރުގެ، އަބްދުﷲ ޒިޔާދު
  • މޯލްޑިވްސް ޕޯޓްސް ލިމިޓެޑް: މުހައްމަދު ވަޖީހް އިބްރާހީމް
  • އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް: މއ. ނޫރީގެ، އިބްރާހީމް ޝަރީފް
  • އައިލެންޑް އޭވިއޭޝަން: އިބްރާހީމް އިޔާސް
  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް: ގދ. ތިނަދޫ، ސޯމާ، މުޖުތަބާ ޖަލީލު
  • ފަހި ދިރިއުޅުން ކޯޕަރޭޝަން: ހަމްދާން ޝަކީލް
  • މޯލްޑިވްސް އިންޓެގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން: ހ. ވަޅުފެހި، ހައްވާ ޝިއުނާ ޚާލިދް
  • މޯލްޑިވްސް ހައްޖު ކޯޕަރޭޝަން: މ. ވޭވަށް، ބުލްބުލާގެ، މުހައްމަދު ޝަކީލް
  • ޓްރޭޑް ނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް: ސައީދާ ޢުމަރު
  • ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން: ބްރެގޭޑިއާ ޖެނެރަލް (ރޓ) އަލީ ޒުހައިރު
  • ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް: ފ. މަގޫދޫ، ކެނެރީގެ، އަހްމަދު މުބީން
  • މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން: މ. ދިލޭރަމްގެ، އަހްމަދު ނާޒިމް
  • މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން: ސ. މީދޫ، ހަސަންކާރިގެ، އަހްމަދު ނިޔާޒް

ފެނަކައިގެ އާ އެމްޑީ މުއާޒުވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރުކަން 2014 އިން 2019 އަށް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމްޑަބްލިއުއެސްސީގެ އާ އެމްޑީ މަތީން ވަނީ މީގެ ކުރިން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ.

މީގެ އިތުރުން ވެސް މިއަދު ވަނީ ސަރުކާރު ހިއްސާވަ އިތުރު ކުންފުނިތަކަށް އެމްޑީން އައްޔަން ކުރައްވާފައެވެ. އެ ކުންފުނިތަކަކީ:

  • އާސަންދަ: އައިމިނަތު ޒީނިޔާ
  • އާބަންކޯ: އިބްރާހީމް ފަޒުލް ރަޝީދު
  • ސްޓެލްކޯ: ހުސައިން ފަހުމީ
  • ޕީއެސްއެމް: ޒީނާ ޒާހިރު
  • އެސްޓީއޯ: ޝިމާދު އިބްރާހީމް
comment ކޮމެންޓް