ރައީސް މުއިއްޒު ތުރުކީގެ ރައީސް އުރުދުޣާންއާ ބައްދަލުކުރައްވައިފި

ރައީސް މުއިއްޒު އާއި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ބައްދަލުކުރެއްވުން-- ފޮޓޯ/ ތުރުކީގެ ރައީސް އޮފީސް

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރެއްވި ފުރަތަަމަ ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ދެ ރައީސުންގެ ބައްދަލުކުރެއްވުމުގެ ތެރެއިން ފޮޓޯއެއް ތުރުކީގެ ރައީސް އޮފީހުން މިއަދު ވަނީ އެކްސްގައި ހިއްސާކޮށްފައެވެ.

ނަމަވެސް އެ ބައްދަލުވުމާ ބެހޭ ތަފުސީލެއް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

ރައީސް މުއިއްޒު އިއްޔެ ތުރުކީއަށް ވަޑައިގަތީ އުރުދުޣާންގެ ރަސްމީ ދައުވަތުފުޅަކަށެވެ. އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަޑައިގަތެވެ.

ތުރުކީއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގަންނަވާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި އޮންނަ ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު ބުރާސްފަތި ދުވަހެވެ.

މީގެ ކުރިން ރާއްޖޭގެ ރައީސުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރައްވާ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅުކުރައްވަނީ އަވަށްޓެރި އިންޑިއާއަށެވެ.

comment ކޮމެންޓް