އެމިޑޯން ބޭސް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފި

ޑައިތައިލިން ގްލައިކޯމް އަދި އިތައިލީން ގްލޯއިން އެކުލެވޭ ބޭހެއް ކަމަށްވާ އެމިޑޯން ބޭސް ރާއްޖެ އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާ ކޮށްފިއެވެ.

ޕާކިސްތާނުގައި އުފައްދާ މި ބޭސް ވިއްކުން މަނާކޮށް މިއަދު އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ވަނީ މި ބޭހުގެ ބެޗެއްގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އެ ބޭހުގެ، އެ ބްރޭންޑުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކޮށް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާ ކަން އެ އޮތޯރިޓީން ވަނީ އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ.

އަދި މި ކަމަށް ބޭސް ގަނެ، ވިއްކާ ހުރިހާ މީހުންވެސް ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސް ކުރެއެވެ.

އަދި މި ބޭސް މިހާރު ރާއްޖެ ގެނެސް ވިއްކާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވުމަށްވެސް އެ އޮތޯރިތީން ވަނީ ގޮވައިލައިފައެވެ.

comment ކޮމެންޓް