ރިޕީޓާ ގެސްޓު 'މާމާ' 42ވަނަ ފަހަރަށް ވިލުރީފަށް

މާމާ ވިލުރީފަށް އައުން ފާހަގަ ކުރުމުގެ ތެރެއިން---

ވިލުރީފް ރިސޯޓަށް އަންނަ ރިޕީޓާ ގެސްޓެއް ކަމަށްވާ، ބާބެލް ގާޑް ރިޗާ (މާމާ), 42 ވަނަ ފަހަރަށް، އަނެއްކާ ވެސް ވިލުރީފަށް ޒިޔާރާތްކޮށްފިއެވެ.

ވިލުރީފް ފެމިލީ ކުލަބުގެ ޗެއަޕާސަން މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި މާމާ އަންނަ ދުވަހަކީ ކޮމްޕެނީ ލެވެލްގައި ފާހަގަ ކުރާ ދުވަހެކެވެ. އަދި ރިސޯޓުގައި ވެސް މި ދުވަހަކީ ވަރަށް މުހިންމު ދުވަހެއްގެ ގޮތުގައި ބަލައި ފާހަގަ ކުރާ ދުވަހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު، މާމާ 42 ވަނަ ފަހަރަށް ވިލުރީފަށް ޒިޔާރަތް ކުރުމުން ތަފާތު އެކި ކަހަލަ ކުލަގަދަ ސަގާފީ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މާމާ ވިލުރީފަށް އައުން ފާހަގަ ކުރުމުގެ ތެރެއިން---

އެގޮތުން، ސަގާފި ނެށުމާއި، ދިގުމަގު ހިނގުން ފަދަ ސަގާފީ ކުޅިވަރުތަށް ކުރިއަށް ގެންގޮސްފައި ވެއެވެ.

ހަމީދު ވިދާޅުވިގޮތުގައި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ދިވެހި ސަގާފަތް ދައްކުވައިދޭ ވިލޭޖެއްގައި ކަމަށެވެ.

މާމާ އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ 2000 ވަނަ އަހަރުގެ ޑިސެންބަރު ފަސް ވަނަ ދުވަހުއެވެ. އޭގެ ފަހުން އަބަދުވެސް ރާއްޖެ ޒިޔާރަތް ކުރެއެވެ.

ސަންސިޔާމް ވިލުރީފަކީ އަބަދުވެސް ފަތުރުވެރިންނަށް ހާއްސަ ސަމާލުކަމެއްދޭ ރިސޯޓެކެވެ. އަދި، އެ ރިސޯޓަކީ ރިޕީޓާސް ގެސްޓުންނަށް މަރުހަބާ ކިއުމަށްޓަކައިވެސް ވަކިން ޚާއްސަ ސަމާލުކަމެއް ދޭ ރިސޯޓެކެވެ.

މާމާ ވިލުރީފަށް އައުން ފާހަގަ ކުރުމުގެ ތެރެއިން---

ރިސޯޓުގައި ހިންގާ މިފަދަ ހުރިހާ ހަރަކާތެއްވެސް ހިންގަނީ ވިލުރީފް ފެމިލީ ކުލަބުންނެވެ.

ހަމީދު ވަނީ ރިސޯޓުގެ މެނޭޖަރު ތޯހާ ޔޫސުފަށާއި، މެނޭޖުމަންޓުން އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާ ކޮށްފައެވެ.

comment ކޮމެންޓް