އަންނަ އަހަރު ގްރޭޑް10ގެ ޓާމް ޓެސްޓް ރޯދައިގެ ކުރިން ބާއްވަން އަންގައިފި

ކަލާފާނު ސުކޫލު ދަރިވަރުންތަކެއް އިމްތިހާން ހަދަނީ --- ސަން ފައިލް ފޮޓޯ

އަންނަ އަހަރު ގްރޭޑް10ގެ ދަރިވަރުންނަށް ދޭ ދެވަނަ ޓާމުގެ، ޓާމް ޓެސްޓު ރޯދަ މަސް ފެށުމުގެ ކުރިން ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ސްކޫލުތަކަށް އަންގައިފިއެވެ.

މިނިސްޓްރީން އިއްޔެ ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ގުރޭޑް ދިހައެއްގެ ދަރިވަރުންގެ އިމްތިހާނު އަންނަ ރޯދައިގެ ކުރިން ބާއްވައިދިނުމަށް ބައެއް ސުކޫލުތަކުން އެދެމުން އަންނަކަމަށެވެ.

މިހާރު އެކެޑަމިކް ކަލަންޑަރުގައި އޮތް ގޮތުން، އިމްތިހާނު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 25 އާއި މާޗު 14އާ ދެމެދުގައެވެ.

ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ރޯދަ މަސް މާޗު މަހުގެ 10ވަނަ ދުވަހު ފެށެއެވެ.

އެހެންވެ މިނިސްޓްރީން އެ ފަދައިން އެންގީ ރޯދަ މަހުގެ ކުރިއަށް އިމްތިހާނުގެ ކަންކަން އެއްކޮށް ނިންމައިލުމުގެ ގޮތުންނެވެ.

ނިމިދިޔަ ސަރުކާރުން ދިރާސީ އަހަރު ފެށޭ ދުވަސްވަރަށް ގެނައި ބަދަލާއެކު މިހާރު ދަރިވަރުން އޯލެވެލް އިމްތިހާނު ހަދަނީ މެއި، ޖޫންގައެވެ.

ނަމަވެސް އާ ސަރުކާރުން ވެރިކަމާ ހަވާލުވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މިހާރުވަނީ ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީގައި ފެށުމުގެ މަސައްކަތް ފަށައިފައެވެ.

comment ކޮމެންޓް