މި ފަހަރުގެ އެސްޓީއޯ އަންކާރާ ނައިޓް އެމްއެންޔޫއާ ގުޅިގެން

މިދިޔަ އަހަރުގެ އެސްޓީއޯ އަންކާރާ ނައިޓުގެ ތެރެއިން --- ފޮޓޯ/ އެސްޓީއޯ

މި ފަހަރުގެ އެސްޓީއޯ އަންކާރާ ނައިޓް އެމްއެންޔޫއާ ގުޅިގެން ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާއަކީ، ތުރުކީން އެތެރެކޮށް ވިއްކާ ޕާސްތާ ބްރޭންޑެކެވެ. "އަންކާރާ" ބްރޭންޑުގެ ޕާސްތާއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އަންކާރާ ނައިޓް ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައެވެ.

މި ފަހަރުގެ އަންކާރާ ނައިޓް ބާއްވަން ހަމަޖެހިފައިވަނީ، އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއާ (އެފްއެޗްޓީއެސް)އާ ގުޅިގެންނެވެ. އެ ފެކަލްޓީއާ ގުޅިގެން ކުރިއަށްގެންދާ އެ އިވެންޓުގައި، ހިލޭ އަންކާރާ ޕާސްތާގެ ރަހަ ބެލުމުގެ އިތުރުން ލައިވް މިއުޒިކް ވެސް އޮންނާނެއެވެ.

މިދިޔަ އަހަރުގެ އެސްޓީއޯ އަންކާރާ ނައިޓުގެ ތެރެއިން -- ފޮޓޯ/ އެސްޓީއޯ

އަންކާރާ ނައިޓް ބާއްވަން ޖަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 8:00 އިން 10:30 އަށެވެ. އެ އިވެންޓަށް ޒިޔާރަތްކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

އެސްޓީއޯ ޕީޕަލް ޗޮއިސްއިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާއަކީ, ތުރުކީގައި އެންމެ މަގުބޫލު ޕާސްތާ ބްރޭންޑެވެ.

އަންކާރާ ޕާސްތާގެ ކްލެސިކް ރޭންޖާއި ވިޓަމިން ރޭންޖު، ތަރުކާރީ، ބުރޭން، ހޯލް ވިޓް ފަދަ ގިނަ ވެރައިޓީތަކެއްގެ ޕާސްތާ، އެސްޓީއޯ ޕީޕަލް ޗޮއިސްއިން ލިބެން ހުރެއެވެ.

އަންކާރާ ވިޓަމިން ސީރީޒަކީ ވިޓަމިންތަކުން ފުރިފައިވާ، ހުރިހާ އުމުރުފުރަޔަކަށް ވެސް ވިޓަމިންގެ އިތުރުން މީރު ރަހައެއް ލާ ޕާސްތާއެކެވެ. މިއީ ކުޑަކުދިންނަށް ވެސް ކަމުދާނެގޮތަށް އުފައްދައިފައިވާ ދުޅަހެޔޮ ކާނާ ކެއުމަށް އިސްކަންދޭ މީހުންނަށް ވަރަށް ރަނގަޅު ބާވަތެކެވެ.

އެސްޓީއޯ އަންކާރާ ނައިޓް މިދިޔަ އަހަރު ކުރިއަށްގެންދިޔައީ އައްޑޫ ސިޓީގައެވެ.

comment ކޮމެންޓް