ކެޔޮޅުންގެ އެވޯޑަށް ކުރިތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި މަސްވެރިިން މަސް ބޭނުމުގައި:

މިއަހަރު ފާހަގަ ކުރާ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ފިޝަރީޒް މިނިސްޓްރީއިން ހުޅުވާލައިފިއެވެ.

މިނިސްޓްރީއިން ބުނިގޮތުގައި، އެ ފުރުސަތު ހުޅުވާލާފައިވަނީ، މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ކެޔޮޅުންނަށެވެ.

އެހެންކަމުން، 35 އަހަރުން ދަށުގެ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު، އަދި 35 އަހަރުން މަތީ ތަޖުރިބާކާރު ކެޔޮޅު ހޮވުމަށް ވަނީ ނިންމައިފައެވެ.

އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އެ ފުރުސަތު ހުޅުވައިލައިފައެވެ. ކެޔޮޅުންގެ އެވޯޑަށް އެދި ހުށަހަޅަން ޖެހޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކޮށްލެވޭނެއެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

comment ކޮމެންޓް