އަތުން ބޮޑު ހަރުފައެއް ހިފާ ވީޑިއޯއަށް ސަމާލުކަން

އެންމެ ބޮޑު ވައްތަރުގެ ހަރުފަ ކަމަށްވާ އެނަކޮންޑާއެއް އަތުން ހިފާ މަންޒަރު ގިނަ ބައެއްގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

އެމެރިކާގެ ފްލޮރިޑާގެ ރައްޔިތެއް ކަމަށްވާ މައިކް ހޮލްސްޓަން އޭނާގެ އިންސްޓަގްރާމްގައި ޙިއްސާކޮށްފައިވާ މި ވީޑިއޯއިން ފެންނަނީ، ހަރުފައަށް ކުރިމަތިލައި، އޭތި ހިފާ ތަނެވެ.

މާސިންގާ ބޮޑު ހަރުފައާ ކައިރިވެ، އޭތި ހިފައި އެ މީހާގެ ބާރުގެ ދަށަށް ހުނަރުވެރިކަމާ އެކު ގެނެއެވެ. އެ ވަގުތު އެ މަންޒަރު ބަލަން އެ ތަނުގައި ތިބި މީހުން ވެސް ތިބީ އެ މީހާގެ ބިރުކުޑަ ކަމާއި، ކުޅަދާނަކަމާ މެދު ހައިރާންވެފައެވެ.

ހަފުތާއެއް ކުރިން ޕޯސްޓްކޮށްފައިވާ މި ވީޑިއޯ އެގާރަ މިލިޔަނަށް ވުރެ ގިނަ މީހުން ބަލާފައިވެއެވެ. އަދި، މި ވީޑިއޯ ބެލި ގިނަ މީހުން ވެސް އޭނާގެ ކުޅަދާނަ ކަމަށް ތަޢުރީފު ކޮށްފައިވެއެވެ.

ހަރުފައަކީ ޢާއްމުކޮށް ގިނަ މީހުން ވަރަށް ބިރުގަންނަ އެއްޗަކަށްވާއިރު، އެންމެ ބޮޑު ވައްތަރުގެ ހަރުފައެއް އަތުން ހިފައި، އޭތި އެ މީހާގެ ބާރުގެ ދަށަށް ގެނައުމުން އެއީ ވަރަށް ޝައުޤުވެރިވާ އަދި ހައިރާންކަން ގެނުވި މަންޒަރަކަށް ވަނީ ވެފައެވެ.

މައިކް ހޮލްސްޓަންގެ އިންސްޓަގްރާމްގައި ޢާއްމުކޮށް އެކި ޖަނަވާރުތަކާ އެކު މިފަދަ ހައިރާންކުރުވަނިވި ވީޑިއޯ އޭނާ ޙިއްސާކުރެއެވެ.

comment ކޮމެންޓް