ސެލްޓިކްސްއިން ގްރިޒްލީސް ބަލިކޮށްފި

އެންބީއޭ ބާސްކެޓު ބޯޅަ މުބާރާތުގައި ބޮސްޓަން ސެލްޓިކްސްއިން މެމްފިސް ގްރިޒްލީސް ބަލިކޮށްފިއެވެ.

މެމްފިސްގެ ފެޑްއެކްސް ފޯރަމްގައި ކުޅުނު މި މެޗު ސެލްޓިކްސް ކާމިޔާބުކުރީ 102 ޕޮއިންޓް 100 ޕޮއިންޓްގެ ކުދަ ތަފާތަކުންނެވެ. މެޗުގެ ހަތަރު ކުއާޓާގައި ދެޓީމުގެ ކުޅުން ފެނިގެންދިޔައީ ވަރަށް ހަމަހަމަ ގޮތަކަށެވެ.

މެޗުގައި ސެލްޓިކްސްއަށް އެންމެ ބޮޑު ލީޑަކަށް ވެސް ނެގިފައިވަނީ ދެވަނަ ކުއާޓާ ނިމުނު އިރު ލިބިފައިވި ތިން ޕޮއިންޓްގެ ލީޑެވެ.

މެޗުގައި ސެލްޓިކްސްގެ ކްރިސްޓެޕްސް ޕޯޒިންގީސްވަނީ 26 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ އެއް އެސިސްޓް ކޮށްފައެވެ. އަދި، ގްރިޒްލީސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ސަންޓީ އަލްޑާމާއެވެ.

މި މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސްއާއި ބްރޫކްލިން ނެޓްސް ބައްދަލުކުރި މެޗު ރަށުން ބޭރުގައި 121 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބުކުރީ ސެވަންޓީ ސިކްސާސްއެވެ.

މި މެޗުގައި ސިކްސާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގައިދީ ނުވަ އެސިސްޓް ދިން ޖޮއެލް އެމްބިޑްއެވެ. އަދި، ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ދެ އެސިސްޓް ދިން ލޮނީ ވޯކާ ފޯއެވެ.

މީގެ އިތުރުން އޮކްލޮހޯމާ ސިޓީ ތަންޑާ އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސް ބައްދަލުކުރި މެޗު ރަށުން ބޭރުގައި 134 ޕޮއިންޓް 91 ޕޮއިންޓުން ކާމިޔާބުކުރީ ތަންޑާއެވެ. މި މެޗުގައި ތަންޑާގެ ޝައި ގިލްޖިއޯސް އެލެގްޒެންޑާ ވަނީ 28 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ކޮށްފައެވެ. އަދި، ޓްރެއިލް ބްލޭޒާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 13 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ދެ އެސިސްޓް ދިން ޖަބްރީ ވޯކާއެވެ.

މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ލޮސް އެންޖަލިސް ލޭކާސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރި މެޗު 105 ޕޮއިންޓް 104 ޕޮއިންޓުން ލޭކާސް ކާމިޔާބު ކުރިއިރު ފީނިކްސް ސަންސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރި މެޗު 140 ޕޮއިންޓް 137 ޕޮއިންޓުން ކާމިޔާބުކުރީ ސަންސްއެވެ.

ސެކްރެމެންޓޯ ކިންގްސްއާއި ޑެލަސް މެވްރިކްސް ބައްދަލުކުރި މެޗު 129 ޕޮއިންޓް 113 ޕޮއިންޓުން ކިންގްސް ކާމިޔާބުކުރިއިރު ކްލީވްލަންޑް ކެވެލިއާސް އާއި އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް ބައްދަލުކުރި މެޗު 121 ޕޮއިންޓް 109 ޕޮއިންޓުން ކާމިޔާބުކުރީ ކެވެލިއާސްއެވެ. އަދި، އޯލާންޑޯ މެޖިކް އާއި އިންޑިއާނާ ޕޭސާސް ބައްދަލުކުރި މެޗު 128 ޕޮއިންޓް 116 ޕޮއިންޓުން މެޖިކް ކާމިޔާބުކުރިއިރު ޓޮރޮންޓޯ ރެޕްޓާސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު 142 ޕޮއިންޓް 113 ޕޮއިންޓުން ކާމިޔާބުކުރީ ރެޕްޓާސްއެވެ.

comment ކޮމެންޓް