ރާއްޖޭގެ ފަރާތުން ރެޑް ބުލް ހާފް ކޯޓް މުބާރާތުގައި ވާދަކުރުމަށް އެންމެ މޮޅު ސްޓްރީޓްބޯޅަ ކުޅުންތެރިން ހޯދަން ފަށައިފިއެވެ.
މި އަހަރުގެ މުބާރާތުގައި 8000އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވާނެ ކަމަށް ބެލެވޭއިރު، އެ މުބާރާތުގައި ރާއްޖޭން ވާދުކުރުމަށް އެންމެ މޮޅު ސްޓްރީޓްބޯޅަ ކުޅުންތެރިން ވަނީ ހޯދަން ފަށާފައެވެ.
އެމެރިކާގައި ބާއްވާ ރެޑް ބުލް ހާފް ކޯޓް ވޯލްޑް ފައިނަލްސްގައި ރާއްޖޭގެ ފަރާތުން ވާދަކުރާނެ ކުޅުންތެރިން ކަނޑައަޅާނީ ކުޅުދުއްފުށި ސިޓީ ކޮލިފައިން މެޗުތަކާއި މާލޭ ސިޓީގެ އިތުރުން ވަން އެންޑް އޮންލީ ރީތި ރަށުގައި ބާއްވާ ކޮލިފައިން މެޗުތަކަށް ފަހުގައެވެ.
ކުޅުދުއްފުށި ސިޓީގެ ކޮލިފައިން މިދިޔަ މަހުގެ 29 ގައި ބާއްވާފައިވާއިރު، ވަން އެންޑް އޮންލީ ރީތި ރަށުގެ ކޮލިފައިން ބޭއްވީ މިދިޔަ ހޮނިހިރު ދުވަހެވެ. އަދި، މާލެ ސިޓީގެ މެޗުތައް އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައި ވަނީ އެކުވެނި އައުޓް ޑޯ ބާސްކެޓް ބޯޅަ ކޯޓުގައެވެ.
މާލެ ސިޓީ ކޮލިފައިންއަށް ފަހު، މި ސިޓީގެ ގަދަ ހަ ޓީމާއި ކުޅުދުއްފުށީ ސިޓީން މޮޅުވި އައިލެންޑް ބޮއިޒް އާއި ވަން އެންޑް އޮންލީ ރީތީ ރަށް ކޮލިފައިން މެޗުތަކުން މޮޅުވި ޓީމް 69އިން ގައުމީ ފައިނަލުގައި ވާދަކުރާނެއެވެ. މިގޮތުން، ގައުމީ ފައިނަލުގެ މެޗުތައް ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައި އެކުވެނި ބާސްކެޓް ބޯޅަ ކޯޓުގައެވެ.
އެ މުބާރާތުގައި ވާދަކުރުމަށް ބޭނުންވާ ކުޅުންތެރިން ރެޑް ބުލް ހާފް ކޯޓް މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.