ފެނުއަޑީގައި އެންމެ ގިނަ ޖާދޫގެ އުކުޅުތައް ދައްކާލައިގެން ރިކޯޑު ފޮތަށް

އެމެރިކާގެ ތޭރަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވަނީ، ތިން މިނެޓޫ ތެރޭގައި ފެނު އަޑީގައި އެންމެ ގިނަ ޖާދޫގެ އުކުޅުތައް ދައްކައިލުމުގެ ދުނިޔޭގެ ރެކޯޑް ޤާއިމުކޮށްފައެވެ.

ގިނިސް ވޯލްޑް ރެކޯޑުން ޖާގަ ހޯދި އޭވަރީ އެމާސަން ފިޝާއަކީ ސްކޫބާ ޑައިވް ކުރާ ކުއްޖެކެވެ. ޑައިވިން ގިއަރު އަޅައިގެން ފެނު އަޑީގައި ހުރެގެން ހުނަރުވެރި ޖާދޫގެ ގިނަ އުކުޅުތަކެއް އޭވަރީ ހަދައި ވީޑިއޯ ގިނިސް ވޯލްޑް ރެކޯޑުން އާއްމުކޮށްފައިވެއެވެ.

ކުރިން މި ރިކޯޑް އޮންނަނީ، އިނގިރޭސިވިލާތުގެ ޕްރޮފެޝަނަލް މެޖީޝަނެއް ކަމަށްވާ މާޓިން ރީސް އަތުގައެވެ. މާޓިން ރީސްގެ ރެކޯޑް އޭވަރީ މުގުރާލާފައިވަނީ، ތިން މިނެޓު ތެރޭގައި 38 މެޖިކް ޓްރިކްސް ހަދައިގެންނެވެ.

އޭވަރީ ސްކޫބާ ޑައިވްކުރަން ދަސްކޮށްފައިވަނީ އުމުރުން 10 އަހަރުގައެވެ. އަދި، ފެނު އަޑީގައި ހުރެގެން ޖާދޫގެ އުކުޅުތައް ދައްކައިލުމުގެ ރެކޯޑެއް ޤާއިމުކުރުމަށް އޭނާ ނިންމާފައިވަނީ ލޮކްޑައުން ތެރޭގައެވެ. އަދި، އޭވަރީ ދިރިއުޅޭ ސަރަޙައްދުގައި ހުންނަ އެކުއޭރިއަމަށް ގޮސްގެން ސްކޫބާ ޑައިވްކުރަން ދަސްކޮށް، އޯޕަން ޑައިވަރު ސެޓްފިކެޓް ހާސިލުކުރިފަހުން މިހާތަނަށް ޑައިވް ކުރުމުގެ 12 ސެޓްފިކެޓެއް ހާސިލުކޮށް 30 ފަހަރު ކަނޑު އަޑިއަށް ޑައިވްކޮށްފައިވެއެވެ.

comment ކޮމެންޓް