ޓްރީ ޓޮޕް ހޮސްޕިޓަލުން އެންޓިމައިކްރޯބިއަލް އެވެއާނަސް ސެޝަނެއް ބާއްވަނީ

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އެންޓިމައިކްރޯބިއަލް ރެސިސްޓަންސް (އޭއެމްއާރް)އަށް ހޭލުންތެރިކުރުމުގެ ހަފުތާއާ ގުޅުވައި، ޓްރީ ޓޮޕް ހޮސްޕިޓަލުން ހޭލުންތެރިކުރުވުމުގެ ޚާއްސަ ސެޝަނެއް ބާއްވަން ނިންމައިފިއެވެ.

މި ސެޝަން އޮންނާނީ މާދަމާ ހަވީރު 17:00 އިން 18:00އާ ހަމައަަށެވެ. ސެޝަން ކުރިއަށްދާނީ އެ ހޮސްޕިޓަލުގެ ފަސްވަނަ ފަންގިފިލާގައި ހުންނަ ޑޮކްޓަރުންގެ ކޮޓަރީގައެވެ.

ޓްރީ ޓޮޕުން ބުނީ، މި މަހުގެ 19 އިން 23 އަށް ފާހަގަކުރާ ވޯލްޑް އެންޓިމައިކްރޯބިއަލް އެވެއާނަސް ވީކްއާ ގުޅިގެން ބާއްވާ މި ސެޝަނުގެ ބޭނުމަކީ އެ ކަމާ ގުޅޭގޮތުން ޝައުގުވެރިވާ މީހުންނަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

މި ސެޝަން ކުރިއަށްގެންދަނީ "ވޯލްޑް އިންފެކްޝަންސް - ލެޓްސް ފައިޓް ޓުގެދަރ އެންޓިބަޔޮޓިކް ރެސިސްޓެންސް"ގެ ނަމުގައެވެ.

މި ސެޝަނުން ދެނެގަނެވޭނެ ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • އެންޓިބަޔޮޓިކްސް އަކީ ކޮބައިކަން
  • އެންޓިބަޔޮޓިކް ރެސިސްޓެންސް އަކީ ކޮބައިކަން
  • އެންޓިބަޔޮޓިކް ރެސިސްޓެންސް މައްސަލައަކަށް ވަނީ ކީއްވެކަން
  • މިކަން ހައްލުކުރުމަށް އެންމެން ގުޅިގެން ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން

މި ސެޝަނަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސެޝަނެކެވެ.

ގިނަ ގައުމުތަކެއްގައި ފާހަގަކުރާ މި ދުވަހުގެ ޝިއާރުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ކަނޑައަޅައިފައިވަނީ "ޖަރާސީމު ނައްތާ ބޭހަށް ނުގުޑުން ހުއްޓުވުމަށް އެކުގައި މަސައްކަތްކުރަމާ"އެވެ.

ޑަބްލިއުއެޗްއޯގެ ދިރާސާތަކުން ދައްކައި ގޮތުގައި ޖަރާސީމު ބޭހަށް ނުގުޑާ މީހުން ނިސްބަތުން ގިނައެވެ. މި ކަން ކޮންޓްރޯލް ނުކުރެވިއްޖެނަމަ މިހާރު ފަރުވާ ހޯދިފައިވާ އެތަކެއް ބަލިތަކެއް، ފަރުވާ ނުލިބޭ ބަލިތަކަކަށްވުމުގެ ބިރު ބޮޑެވެ.

comment ކޮމެންޓް