އެކްޓިން ސީޕީ މަންނާނާއި ޑީސީޕީ އަލީ ރަޝީދު މި މަހު ރިޓަޔާކުރަނީ

މޯލްޑިވްސް ޕޮލިސް ސާވިސް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރު އަލީ ރަޝީދު--

މޯލްޑިވްސް ޕޮލިސް ސާވިސް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފާއި ޑެޕިއުޓީ ކޮމިޝަނަރު އަލީ ރަޝީދު، މި މަހުގެ 25ގައި ރިޓަޔާ ކުރަން ނިންމައިފިއެވެ.

ފުލުހުންގެ މީޑިއާގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ ދެ ބޭފުޅުން އަދި ރިޓަޔާ ނުކުރާކަމަށާއި މި މަހު 25ވަނަ ދުވަހު ރިޓަޔާ ކުރަން ނިންމައިފައިވާ ކަމަށެވެ.

ފުލުހުންގެ ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދު ރިޓަޔާކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ. އެއާއެކު އެ މަގާމާ ދެން ހަވާލުވެވަޑައިގަތީ ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި މަންނާނެވެ. މަންނާން ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރައްވާތާ 29 އަހަރު ވެއްޖެއެވެ.

https://sun.mv/184715

ފުލުހުންގެ ގާނޫނު ބުނާ ގޮތުން ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ނުވެއެވެ.

ގާނޫނުގައި އޮންނަ ގޮތުން އެ މަގާމަށް އާންމުކޮށް ހުޅުވައިލުމަށްފަހު 90 ދުވަސް ދޭން ޖެހޭއިރު ކުރިމަތިލާ ފަރާތަކީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުންނަ މީހަކަށްވާން ޖެހެއެވެ.

އަދި ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރާނީ ޕޮލިސް ބޯޑުން ހުށަހަޅާ ނަންތައް ވަޒަންކުރުމަށްފަހު ފުލުހުންގެ ކަންކަމާ ހަވާލުވެ ހުންނަ ވަޒީރެއްގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.

comment ކޮމެންޓް