ކުރީގެ ޑިފެންސް ޗީފް ޝަމާލް ރިޓަޔާ ކުރައްވައިފި

ޝަމާލް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން

އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް، ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރައްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ޖެނެރަލް ޝަމާލް ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވާފައިވާ ކަމަށެވެ. އޭނާ ރިޓަޔާ ކުރެއްވީ އިއްޔެވެ.

ޝަމާލް ވަނީ 25 އަހަރަށް ވުރެ ގިނަ ދުވަހު ސިފައިންގެއަށް ޚިދުމަތް ކުރައްވައިފައެވެ. އޭނާ އަކީ ސިފައިންގެ ތާރީޚުގައި ވެސް ލެފްޓިނަންޓް ޖެނެރަލްކަން ލިބިވަޑައިގެން ދެވަނަ ބޭފުޅާއެވެ. ޝަމާލަށް އެ މަގާމު ލިބިވަޑައިގަތީ މި އަހަރު ތެރޭގައެވެ.

ޝަމާލް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާ ކުރައްވައިފައެވެ.

އިއްޔެ އަލަށް ރައީސްކަމުގެ ހުވާ ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ވައިސް ޗީފް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަން ކުރައްވައިފައެވެ.

comment ކޮމެންޓް