ނ.ލަންދޫ ޕޮލިސްޓޭޝަނުން ބަލަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާނު ކޮއްފިއެވެ.
މި މައްސަލައާ ގުޅިގެން ހޯދަން އިއުލާނު ކޮށްފައިވަނީ ނ.ކެނދިކުޅުދޫއަށް ނިސްބަތްވާ ނޫޙް މުޙައްމަދު ނައީމް،35 އެވެ.
އޭނާ ހޯދަން އިއުލާނު ކޮށްފައިވަނީ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންގާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ 14:00އަށް ލަންދޫ ޕޮލިސް ސްޓޭޝަނަށް، އޭނާ ހާޒިރުވުމަށެވެ.