އެކްސްގައި ހުރި، ކުރީގެ މަޝްހޫރު އެކައުންޓްތައް ވިއްކާލަނީ

އެކްސްގެ ސީއީއޯ އީލޮން މަސްކް --

އެކްސްގެ ސީއީއޯ އީލޯން މަސްކްގެ އިރުޝާދުގެ ދަށުން އޭނާގެ ޕްލެޓްފޯމަށް އިތުރު އާމްދަނީ ހޯދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ އާ މަސައްކަތެއްގެ ދަށުން އެކްސްގައި ހުރި މަޝްހޫރު ނަމަވެސް މިހާރު ބޭނުންނުކުރާ ޓްވިޓާ ހޭންޑްލްތައް ވިއްކާލަން ނިންމާފައި ވާކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ.

ފޯބްސްއިން ބުނީ ލީކުވެފައިވާ އީމެއިލްތަކަކުން ދައްކާ ގޮތުގައި އެކްސްއިން ވަނީ، އަގުބޮޑު، ވަން ވޯޑް ހޭންޑްލްތަކާއި ޔޫޒަނޭމްތައް 50،000 ޑޮލަރަށް ވިއްކުމަށް ނިންމާފައެވެ. އެ ކުންފުނީގެ އުސޫލުގެ ދަށުން 30 ދުވަސް ވަންދެން ލޮގް ނުކުރާ އެކައުންޓްތައް ނައްތާލުމުގެ ޙައްޤު އެކްސްއަށް އޮންނާނެއެވެ.

މަސްކްގެ ސީއީއޯކަމުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި އެކްސްއަށް ގެނައި ބޮޑެތި ބަދަލުތަކުގެ ސަބަބުން އިޝްތިހާރު ތަކުން ލިބެމުންދިޔަ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާތީ، ހޭންޑްލް ސޭލްސްއިން ބޮޑު ފައިދާއެއް ނަގަން ނިންމާފާ ވަކަމަށް ބެލެވޭ ކަމަށް ފޯބްސްއިން ބުނެއެވެ.

ކޮންޓެންޓް މޮޑަރޭޝަންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބެންދެން ކަމަށްބުނެ އިޝްތިހާރު ކުރަން ދެކޮޅު ހަދައި، ބޮޑެތި ބްރޭންޑްތަކުން ވަނީ އެ ޕްލެޓްފޯމުން އެކަހެރިވެފައެވެ.

ގެއްލުނު އިޝްތިހާރުތަކުގެ އާމްދަނީ ފޫބެއްދުމަށް އެކްސް އިންވަނީ ސަބްސްކްރިޕްޝަނަށް ބަދަލުވެ، ޕޭޑް ޓްވިޓާ ބްލޫގެ ޚިދުމަތްތަކެއްވެސް ތައާރަފްކޮށްފައެވެ. ނަމަވެސް މިހުރިހާ ބަދަލުތަކާއެކުވެސް އެކްސްއަކީ މަސްކްއަށް އާމްދަނީ އިތުރުވާ ޕްލެޓްފޯމަކަށް ނުވާތީ އަދިވެސް މިފަދަ އިތުރު އާމްދަނީގެ ވަސީލަތްތައް ބޭނުން ކުރަނީކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

މަސްކްގެ އެކްސްއިން ކުރީގެ މަޝްހޫރު ބޭފުޅުން ގެންގުޅުއްވި އިންއެކްޓިވް އެކައުންޓްތައް އަގުބޮޑުކޮށް ވިއްކުމަށް ނިންމި ކަމުގައިވިޔަސް ތަޖުރިބާކާރުން ބުނަނީ މިލްކުވެރިކަމުގެ ހައްގުތަކާ ގުޅޭ ގާނޫނީ މައްސަލަތަކެއް މިކަމުގެ ސަބަބުން ފެންމަތި ވުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

މިވާހަކަތައް މީޑިއާގައި ފެތުރެމުން ދިޔަނަމަވެސް ހޭންޑްލް ސޭލް ޕްލޭންތަކާ ގުޅޭ ގޮތުން އެކްސްއިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މަޝްހޫރު، އިންއެކްޓިވް އެކައުންޓްތައް މޮނިޓައިޒް ކުރުމަކީ މަސްކްގެ ޒައާމަތުގައި އެ ކުންފުންޏަށް އާ ފަންޑުތަކެއް ބޭނުންވާކަން ވަރަށް ސާފުކޮށް އަންގައިދޭ ކަމެކެވެ.

comment ކޮމެންޓް