މަހުޖަނު އެލޮން މަސްކް ގަނެފައިވާ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓާ ރަސްމީކޮށް އެކްސް.ކޮމް އަށް ބަދަލުކުރިކަން މަސްކް އިއުލާން ކޮށްފިއެވެ.
ޓްވިޓާ އެކްސްއަށް ރީބްރޭންޑް ކުރުމުގެ މަސައްކަތް ރަސްމީކޮށް ނިންމާލާފައިވާއިރު، މިއީ އެލޮން މަސްކްގެ އިރުޝާދުގެ ދަށުން ޓްވިޓާގެ އައިކޮނިކް ކުރީގެ އައިޑެންޓިޓީ ސްކްރަބް ކުރުމުގެ އެންމެ ފަހު ފިޔަވަޅެވެ.
ޓްވިޓާ "އެކްސް" ގެ ނަމަށް ރީބްރޭންޑް ކުރާނެ ކަން މަސްކް އިއުލާން ކުރިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން، ސޯޝަލް ނެޓްވޯކްގެ ހުރިހާ މައިގަނޑު ސިސްޓަމްތަކާއި ވެބް ޕޭޖްތައް މިހާރު ވަނީ އާ X.com ޑޮމެއިންއަށް ހިޖުރަކޮށްފައެވެ.
All core systems are now on https://t.co/bOUOek5Cvy pic.twitter.com/cwWu3h2vzr
— Elon Musk (@elonmusk) May 17, 2024
ވެބްސައިޓްގެ ލޭންޑިން އަދި ލޮގިން ޕޭޖްތައް އަޕްޑޭޓްކޮށްފައި ވަނީ "ވެލްކަމް ޓު x.com!" ލިޔެފައިވާ ނޯޓަކާ އެކު ކަމަށްވާއިރު، ޔޫއާރްއެލް ޓްރާންސިޝަންގައި ވެސް ޔޫޒަރުންގެ ޕްރައިވެސީ ސެޓިންއަށް އެއްވެސް ބަދަލެއް ނާންނަކަން އެކްސްއިންވަނީ ކަށަވަރުކޮށްދީފައެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މަސްކްވަނީ އެޕްލެޓްފޯމަށް މަޑުމަޑުން ބަދަލުތައް ގެނެސްފައެވެ. އެގޮތުން ގެނައި ބަދަލުތަކާ އެކު އޭގެ އެންމެ ފަހުގެ ބައިތައް ވެސް މިހާރު މިވަނީ އެއްކޮށް ފޮހެލައިފައެވެ.
އޭގެ އައިކޮނިކް ބްލޫ ބާޑް ލޯގޯ ބަދަލުކޮށް، އާ "އެކްސް" ލޯގޯއާއެކު އެޕްލިކޭޝަންތައް އަޕްޑޭޓްކޮށް، ޓުވީޓްޑެކް ފަދަ ހިދުމަތްތައް "އެކްސްޕްރޯ" ގެ ނަމަށް މިހާރުވަނީ ރީބްރޭންޑް ކޮށްފައެވެ.
އެންމެ ފަހުން x.com މަސައްކަތް ނިމުމާއެކު، 17 އަހަރުގެ ތާރީޚުގެ ޓްވިޓާގެ ކުރީގެ އައިޑެންޓިޓީ އާއި އޭގެ ހުރިހާ ރަހައެއް ވަނީ މަސްކްގެ އާ ވިސްނުމުގެ ދަށުން ވަޅުލާފައެވެ.
ދެހާސްބާވީސް ވަނަ އަހަރު 44 ބިލިއަން ޑޮލަރަށް އެ ކުންފުނި ހޯދި ވިޔަފާރިވެރިޔާ މިހާތަނަށް "އެކްސް" ރީބްރޭންޑާ ގުޅޭ މާބޮޑު ތަފްސީލެއް ދީފައި ނުވާއިރު، މިއީ މެސެޖާއި ޕޭމަންޓް ފަދަ އެތައް ކަމެއް އެކުލެވޭ "އެވްރީތިން އެޕްލިކޭޝަނެއް" ކަމަށް ބުނެފައިވެއެވެ.