ވިޔަފާރިވެރިޔާ އީލޮން މަސްކްގެ އެކްސް (ކުރީގެ ޓްވިޓާ)އަށް މާދަމާއިން ފެށިގެން އޭއައި ފީޗާއެއް ތަޢާރަފު ކުރާނެ ކަމަށް އޭނާ ބުނެފިއެވެ.
މަސްކްގެ މި އިއުލާނާ އެކު ޓެކް އަދި އޭއައި ކޮމިއުނިޓީތަކުގެ ތެރޭގައި ވަރަށް ބޮޑު އުންމީދެއް އުފެދުނީ މަސްކަކީ އިނޮވޭޝަންގެ ދާއިރާގައި ފާހަގަކޮށްލެވޭ ތާރީހެއް އޮތް ބޭފުޅަކަށް ވާތީއެވެ.
އޭއައި ފީޗާއާ ބެހޭ ވަކި ތަފުސީލެއް ހާމަކޮށްފައި ނުވި ނަމަވެސް، ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދުމުގައި އީލޮން މަސްކްގެ ޓްރެކް ރެކޯޑުން އެނގެނީ މިއީ އާޓިފިޝަލް އިންޓެލިޖެންސްގެ ދުނިޔޭގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށް ވެދާނެ ކަމަށެވެ. ސްޕޭސް އެކްސް، ޓެސްލާ އަދި ނިއުރަލިންކް ފަދަ އިންގިލާބީ ޕްރޮޖެކްޓްތަކުގައި ހަރަކާތްތެރިވާ މަސްކް ގެންދަނީ ޓެކްނޮލޮޖީގެ ދާއިރާއިން އާ އިޖާދުތައް ކުރުމުގައި ކުރެވެން ހުރިހައި ކަމެއްކޮށް އެންމެ އުހަށް އެރުމަށް މަސައްކަތް ކުރަމުންނެވެ.
އެކްސްއިން މި އޭއައި ފީޗާ ތައާރަފު ކުރުމުން، އޮޓޮނޮމަސް ވެހިކަލްތަކުން ފެށިގެން އެޑްވާންސް ރޮބޮޓިކްސް އާއި އަދި އެއަށްވުރެ ވެސް ގިނަ އިންޑަސްޓްރީތަކަށް ދުރު ރާސްތާގެ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. މި އިނޮވޭޝަން ކުރިއަށްދާ ގޮތާއި އޭއައި ޓެކްނޮލޮޖީގެ މުސްތަގުބަލް ބައްޓަން ކުރެވިދާނެ ގޮތްތައް ދާއިރާގެ މާހިރުން ވަރަށް ކައިރިން ބަލާނެ ކަމަށް ބެލެވެއެވެ.
އެކްސްއަށް މަސްކް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިން ޒަމާނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އިންސާނިއްޔަތު ކުރިއެރުވުމަށް އީލޮން މަސްކް ކުރަމުންދާ މަސައްކަތުގައި ދެން ގެންނާނެ ބަދަލަކަށް މުޅި ދުނިޔެ އިންތިޒާރު ކުރާނެއެވެ.
މަސްކްގެ އެކްސްއަށް މި ފަދަ ބަދަލުތައް ގެންނަމުންދާއިރު، މަސްކް އެ ކުންފުންޏާ ހަވާލުވުމާ އެކު އެތައް ހާސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި، މަސްކްގެ ވިސްނުމާ އެއްގޮތަށް ކަންކަން ބަދަލުކުރުމުން، ޓްވިޓާގެ ކަންކަން މާ ރަނގަޅަކަށް ނުދާ ކަމަށް ބުނެ ޓްވިޓާ ބޭނުންކުރާ ގިނަ ބަޔަކު ޓުވިޓާ ދޫކޮށްލުން ފަދަ ބޮޑެތި ގޮންޖެހުންތަކާ މަސްކްއަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.
މަސްކް ޓްވިޓާއަށް ގެނައި ބަދަލުތަކުގެ ސަބަބުން އިޝްތިހާރު ކުރާ ބައެއް ފަރާތްތަކުގެ މެދުގައި ކަންބޮޑުވުން އުފެދި، އެ މީހުންގެ ބްރޭންޑްތަކަށް ނުރައްކާވެދާނެތީ އެ ކުންފުނިތަކުން އެ ސައިޓަށް ކުރާ ޚަރަދުތައް ހުއްޓައިލިއެވެ. އޭގެ ސަބަބުން ކުންފުނީގެ އާމްދަނީ ދަށްވިކަން މަސްކް އަމިއްލައަށް ވެސް ވަނީ ގަބޫލުކޮށްފައެވެ.
މި ގޮންޖެހުންތަކުން އަރައިގަތުމަށް މަސްކް ގެންދަނީ ތަފާތު ޗަރުކޭސް ޖައްސަމުން ކަމަށް ޓެކު ދާއިރާގެ ބައެއް ފަރާތްތަކުން ތުހުމަތުކުރާއިރު، އަދިވެސް މަސްކްއަކީ މި ދާއިރާގައި ދުނިޔޭގައި ހުރި އެންމެ ލޯ ހުޅުވޭ އެންމެ ވިސްނުންތޫނު އެކަކު ކަމުގައި ގިނަ ބަޔަކު ޤަބޫލުކުރެއެވެ.