ބޯ ވާރެއާއެކު މާލޭ ތެރޭ ތަނބިކަށްޓާ ހަމައަށް ފެންބޮޑުވެފައި

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީ ފެން ބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެދުކެނޑުމެއްނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވެރިކަން ކުރާ މާލޭގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެއްޖެއެވެ.

ފަތިހުން ފެށިގެން ހެނދުނާ ހަމައަށް މާލެ އާއި ހުޅުމާލެއަށް ބޯކޮށް ވާރޭ ވެހިފައިވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިންވަނީ މާލޭ ސަރަހައްދު ހިމެނޭހެން ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު މެންދުރާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާ ވެސް ކޮށްފައެވެ.

މީގެ އިތުރުން ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް މިއަދު މެންދުރާ ހަމައަށް ހުދު ސަމާލުވަނީ ނެރެފައެެވެ.

ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު ވެސް މާލޭގައި ފެންބޮޑުވުމަކީ އާންމު ކަމެކެވެ. ޒަމާނީކޮށް މަގުތައް ތަރައްގީކުރި ނަމަވެސް ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރެވިފައެއް ނުވެއެވެ.

ފެންބޮޑުވުމުން ފެން ހިންދަން އަދިވެސް ހަރަކާތްތެރިވާން ޖެހެނީ ސިފައިންނެވެ.

comment ކޮމެންޓް