ކާތިކްގެ ވީޑިއޯއެއް ހުއްދަ ނުހޯދާ ސިޔާސީ މަގުސަދަކަށް ބޭނުންކުރި މައްސަލަ ފެންމަތިވެއްޖެ

އެކްޓަރު ކާތިކް އަރިޔަން

ބޮލީވުޑްގެ މަގުބޫލު އެކްޓަރު ކާތިކް އާރްޔަން ސްޓްރީމިންގް ޕްލެޓްފޯމަކަށް ކުޅެފައިވާ އިޝްތިހާރުގެ ވީޑިއޯގެ އެޑިޓެއް ސިޔާސީ ބޭނުމަކަށް ބޭނުންކުރި މައްސަލަ ފެންމަތި ވެއްޖެއެވެ.

އިންޑިއާގެ ދެވަނައަށް އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ އިންޑިއަން ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް ކަމަލް ނާތުއަށް ތާއީދުކޮށްފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ކާތިކް ފެންނަ ވީޑިއޯއެއް އެކްސް (ޓުވިޓާ)ގައި ދައުރުވާން ފެށުމުން އެކްޓަރުގެ ޓީމުގެ ސަމާލުކަމަށް މި މައްސަލަވަނީ އައިސްފައެވެ.

ކާތިކްގެ ހިމެނޭގޮތަށް ދައުރަކުރަމުން ދިޔަ ވީޑިއޯ އަކީ މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯމް ޑިޒްނީ ހޮޓް ސްޓާއަށް ކާތިކް ކުޅުނު އިޝްތިހާރެއް ކަމަށާއި އެ އިޝްތިހާރުގެ ވީޑިއޯއެއް ކާތިކް ވަނީ ޚުދު އަމިއްލަ އެކްސް އެކައުންޓު މެދުވެރިކޮށް އާއްމުންނާ ހިއްސާކޮށްފައެވެ.

ކާތިކްގެ ޓީމުން ވެސް ވަނީ ކޮންގްރެސް ޕާޓީއިން ދައުރުކުރި ވީޑިއޯ އަކީ ޙަޤީޤަތެއް ނެތް ފޭކު ވީޑިއޯއެއް ކަމަށް ބުނެފައެވެ. ކާތިކް އަކީ އެއްވެސް ސިޔާސީ ޕާޓީއެއް އިޝްތިހާރުކޮށް ނުވަތަ ކެމްޕޭން މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތެއް ނޫންކަމަށާއި މަޝްހޫރު އެކްޓަރުގެ ނަން ނުހަމަގޮތުގައި ސިޔާސީ ބޭނުމަކަށް ބޭނުންކުރުމަކީ ހިތާމަކުރާ ކަމެއް ކަމަށް ކާތިކްގެ ޓީމުން ވަނީ ބުނެފައެވެ.

ފިލްމު "ޗަންދޫ ޗެމްޕިއަން"ގެ ޑައިރެކްޓަރު ކަބީރު ޚާން އަދި ފިލްުމުގެ މަންޒަރެއްގައި ކާތިކް އަރްޔަން
މަޝްހޫރު ޑިޒްނީ ހޮޓް ސްޓާގެ އެމްބެސެޑަރުގެ ގޮތުގައި ޙަރަކާތްތެރިވާ އެކްޓަރު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ޑައިރެކްޓަރު ކަބީރު ޚާންގެ ފިލްމު "ޗަންދޫ ޗެމްޕިއަން" އިންނެވެ. މީގެ އިތުރުން ފިލްމު "އާޝިޤީ3" އަދި "ބޫލް ބުލައްޔާ3" އަށް ކާތިކް ސޮއިކޮށްފައިވާ ކަމަށްވެސް ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް