ކަށަވަރު ޕްރޮމޯ 2023 އިފްތިތާހު ކޮށްފި

އެމްޓީސިސީގެ ކަށަވަރު ޕްރޮމޯ އިފްތިތާހް ކުރުން--

އެމްޓީސީސީއިން ބާއްވާ "ކަށަވަރު ޕްރޮމޯ 2023" މިއަދު އިފްތިތާހު ކޮށްފިއެވެ.

މިއަދު ކަށަވަރު ޝޯ ރޫމުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަށަވަރު ޕްރޮމޯ އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމެވެ. މި ރަސްމިއްޔާތުގައި ސީއީއޯ ގެ އިތުރުން އެ ކުންފުނީގެ އިތުރު އިސްވެރިންވެސް ވަނީ ބައިވެރި ވެ ވަޑައިގެންފައެވެ.

އެމްޓީސީސީން ބުނީ މިއަދު އިފްތިތާހު ކުރި ޕްރިމޯޝަނުގެ މަގްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްްޓީސީސީގެ ޕްރޮޑަކްޓުތައް ވިއްކުން ކަމަށެވެ.

އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ސުޒުކީ އަދި ޔަންމާ އިންޖީނާއި، ސްޓާން އައިޓަމްސްއާއި، ސްޓޮކް ބޭޑާ ޖެލްކޯޓްސް އަދި ޕިގްމެންޓްސް އާއި، ޔަންމާ ޖެންސެޓްސްއާއ،ި ސްޕެއާ ޕާޓްސްއާއ،ި އެކްސަސަރީޒްއާއ،ި އިންޑަސްޓްރިއަލް ގޭހާއ،ި މެރޯލް އަދި ލުބްރިކަންޓްސް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނީ މި ޕްރޮމޯޝަނުގެ މުއްދަތުގައި އެ ފިހާރައިން ކުރާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި މި ޕްރޮމޯ ނިންމާލުމަށްފަހު ގުރުވަތުން ހޮވޭ ފަރާތަކަށް ޔަންމާ 175 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮމޯޝަން އަމާޒު ކޮށްފައިވަނީ އޮޑިވެރިންނާއ،ި މަސްވެރިންނާއ،ި އިންޖިނޭރުންނާއ،ި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މި ޕްރޮމޯޝަންގެ މުއްދަތުގައި އިތުރު ހަރަކާތްތަކެއްވެސް ކުރިއަށް ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި އުފެއްދުން ތަކުން ގާތްގަނޑަކަށް 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން މާލޭ ބަނދަރު ސަރަޙައްދު، ހުޅުމާލޭ ބަނދަރު ސަރަޙައްދު، ތިލަފުށީ ޑޮކްޔާޑް އަދި ސައިޓް، ރ. އަލިފުށ،ި ރ. ވާދޫ، ތ. ހިރިލަންދޫ، ތ. ތިމަރަފުށ،ި ތ. ދިޔަމިގިލ،ި ދ. ކުޑަހުވަދޫ، ކ. މާފުށ،ި ކ. ގުޅި އަދި ޏ. ފުވައްމުލަކުގައި އައުޓްޑޯ އިވެންޓް ބޭއްވުމާ މި ތަންތަނަށް ޒިޔާރަތް ކުރުން މި ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން 31 ނޮވެމްބަރާ ހަމައަށް ކަމަށް އެ ކުންފުނިން ބުނެއެވެ. ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ޕްރޮމޯޝަން ކޮވިޑުގެ ސަބަބުން ދެ އަހަރުގެ މުއްދަތަކަށް މެދު ކެނޑުމަށްފަހު އަނެއްކާވެސް މިދިޔަ އަހަރުން ފެށިގެން މިހާރު ކުރިއަށް ގެންދެއެވެ.

comment ކޮމެންޓް