ފަލަސްތީނުގެ އަނިޔާ ލިބޭ ރައްޔިތުން ދެން ތެދުވާނީ މާ ވަރުގަދަކޮށް: ފާރިސް

އަހުމަދު ފާރިސް މައުމޫން -- ސަން ފޮޓޯ

އިސްރާއިލުން ފަލަސްތީނާމެދު ހިންގަމުންދާ ގަތުލުއާންމުގެ ނޭދެވޭ އަސަރު އިސްރާއީލާއި، އެ މީހުންގެ އައުވާނުންގެ މައްޗަށް ނަފްރަތުގެ ގޮތުގައި އެތައް ޖީލަކަށް ދެމިގެންދާނެ ކަމަށް، އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ޒައިނިސްޓުން ހިންގަމުންދާ ގަތުލުއާންމާ ބެހޭގޮތުން ފާރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ތަހައްމަލް ކުރަމުންދާ ވޭނާ ކެކުޅުމުގެ އަސަރު މިހާރު ކޮންމެ ދުވަހަކު ވެސް ސޯޝަލް މީޑިއާގެ އެހީގައި ދުނިޔޭގެ ގިނަ އަދަދެއްގެ ބަޔަކަށް ފެންނަމުންދާ ކަމަށެވެ.

އޭނާ ވަނީ އެ މަންޒަރުތައް ދުނިޔޭގެ އެންމެންވެސް ބަލަމުން ދަނީ ބިރުވެރިކަމާއި، ފުން އިހުސާސްތަކާ އެކުކަމަށް ވިދާޅުވެފައެވެ.

އެހެން ކަމުން ކުރިއާ ޚިލާފަށް މިހާރު މި އަމަލުތަކުގެ އަސަރުކުރަނީ ހަމައެކަނި ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ނޫން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތުމުގެ ސަބަބުން ނަފްރަތުގެ ގޮތުގައި އިސްރާއީލާމެދު ދެކޭދެކުން އެތައް ޖީލަކަށް ދެމިގެން ދާނެ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި އިސްރާއީލުގެ މި ނޭއްގާނީ އަމަލުތަކުގެ ސަބަބުން ލިބެމުންދާ ހިތްދަތިކަމާއި ހާސްކަން މުޅި ދުނިޔޭގެވެސް އެތައް ޖީލެއް ތަހަންމަލު ކުރަމުން ދާނެ ކަން ޒަޔަނިސްޓުންނަށް ހިތްވަރުދީ ތާއީދުކުރާ ފަރާތްތަކުން ގަބޫލު ކުރަން ޖެހޭ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

https://sun.mv/183773

މީގެ އިތުރަށް ފާރިސް ވިދާޅުވީ، އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުން ބަލިކަށިވެ ނިކަމެތިވީ ކަމަށް އަނިޔާދެމުން އަންނަ މީހުންނަށް ހީވެދާނެ ކަމަށެވެ. އެހެންނަމަވެސް، ފަލަސްތީނުގެ އަނިޔާ ލިބެމުންދާ ރައްޔިތުން ދެން ތެދުވާނީ އެއަށް ވުރެ ވެސް ވަރުގަދަކޮށްކަން އެއީ ގަބޫލުކުރަން ޖެހޭ ކަމެއް ކަމަށް ފާރިސް ވިދާޅުވިއެވެ.

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލާއި ފަލަސްތީނާ ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން ޔަހޫދީ އިޒްރޭލުން، ފަލަސްތީނުގެ ޢައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، މިހާރު ވަނީ ޢައްޒާގެ މުވާސަލާތީ ޚިދުމަތްތައްވެސް އެއްކޮށް ކަނޑާލައިފިއެވެ. ކުށެއްނެތް ފަލަސްތީނުގެ އެތައް އާއްމުންނެއް ވަނީ ޝަހީދުކޮށްލައިފައެވެ.

comment ކޮމެންޓް