ތިލަފުށިން 31 ބިމެއް ދިވެހިންނަށް ވިއްކައިފި

ތިލަފުށީ ބަނދަރު--- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

ސިނާއީ ބޭނުމަށް ތިލަފުށިން ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރެއިން 31 ބިމެއް ދިވެހިންނަށް ވިއްކާފައި ވާކަމަށް އާބަންކޯއިން ބުނެފިއެވެ.

މިކަމާ ގުޅިގެން އާބަންކޯއިން ބުނީ، އެ 31 ފަރާތަކީ ބިން ގަތުމުގެ އެގްރީމަންޓުގައި ސޮއިކޮށްފައިވާ މީހުން ކަމަށެވެ. ނަމަވެސް، ކޮންޑިޝަނަލީ ބިން އެވޯޑުކޮށް ފައިސާ ދެއްކުމުގެ މަރުހަލާގައި 72 މީހުން އުޅޭކަމަށް އާބަންކޯއިން ބުންޏެވެ. މީގެތެރޭގައި ހިމެނެނީ ހުސް ދިވެހިންނެވެ.

ތިލަފުށިން ބިން ވިއްކަން ހުޅުވާލާފައި ވަނީ މިދިޔަ ފެބްރުވަރީ މަހުއެވެ. ބިން ވިއްކަނީ ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެއްސެއް ނުވަތަ ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުކުރެވޭ ގޮތަށް އަދި ބިދޭސީއެއް ނަމަ 99 އަހަރަށް ކުއްޔަށް ދޫކުރާ ގޮތަށެވެ.

https://sun.mv/173626

ބިމަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ 1700 ރުފިޔާއެވެ. ސަރުކާރުން ތިލަފުށި ތަރައްގީކުރަން އެކުލަވާލި މާސްޓާ ޕްލޭނުގައިވާ ގޮތުން އިތުރު 151 ހެކްޓަރުގެ ބިން ހިއްކާ ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބިމުގެ ދަތިކަމާއި ބިމު ކުލި އުފުލޭ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ވަނީ ތިލަފުށިން ބައެއް ހިއްކައި، ސިނާއީ މައި މަރުކަޒަކަށް އެ ރަށް ބަދަލުކުރުމުގެ އަމާޒު ހިފާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ކުރާ ސިނާއީ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމާ އެކު އެމައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

comment ކޮމެންޓް