ކޯރަމް ހަމަނުވެގެން މަޖިލީސް ނުބޭއްވުނު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ކަމަށްވާ 22 މެންބަރުން ހަމަނުވުމުން، މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ކޯރަމް ހަމަނުވެގެން ބެލް ޖެހުމަށް ފަހު ވެސް ގާނޫނީ އަދަދު ހަމަ ނުވާތީ މަޖިލިސް ނިންމާލީ ކަމަށެވެ.

އަށްޑިހަ ހަތް މެމްބަރުން ތިބޭ މަޖިލީހަށް މިއަދު ވަޑައިގެން ތިއްބެވީ ކިތަށް މެމްބަރުން ކަމެއް އީވާ އިއުލާނެއް ނުކުރައްވައެވެ.

މިއަދުގެ އެޖެންޑާގައި އެންމެ މުހިންމު ކަމަކަށް އޮތީ މި އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތެކެވެ.

މަޖިލީހުގެ ޖަލްސާއެއް އިއްޔެ ކުރިއަށް ދިޔައެވެ. ނަމަވެސް މި ފަހުން ކޯރަމް ނުވެގެން ޖަލްސާތަކެއް ނުބޭއްވި ދިޔައެވެ. މަޖިލީހުގައި ނުނިމި ގިނަ މަސައްކަތްތަކެއް ހުރިއިރު ކޯރަމް ހަމަނުވެގެން ޖަލްސާތައް ނުބޭއްވުން މިވަނީ އިތުރުވެފައެވެ.

މަޖިލީހުގެ މެމްބަރުންނަށް ވަރަށް ބޮޑު މުސާރައަކާއި އިނާޔަތްތަކެއް ލިބިވަޑައިގަންނަވައެވެ.

comment ކޮމެންޓް