އަދަބީ ކަލަންޑަރުގެ މުބާރަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިބަހުގެ އެކަޑަމީން ކުރިއަށް ގެންގޮސްފައިވާ މުބާރާތްތަކުގެ ތެރެއިން --- ސަން ފޮޓޯ

މި އަހަރުގެ އަދަބީ ކަލަންޑަރުގައި، ދިވެހިބަހުގެ އެކަޑަމީން ހިމަނާފައިވާ، ޤައުމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އަދަބީ ކަލަންޑަރުގައި ހިމަނާފައިވާ މުބާރާތްތަކުގެ ތެރޭގައި އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 38 ވަނަ ގައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 35 ވަނަ ގައުމީ މުބާރާތެވެ. އަދި، ހުތްޢަލިދީދީގެ ވާދައިގެ ތައްޓަށް ބައްވާ ޅެންހެދުމުގެ 26 ވަނަ ގައުމީ މުބާރާތް ހިމެނެއެވެ.

ދިވެހިބަހުގެ އެކަޑަމީން ކުރިއަށް ގެންގޮސްފައިވާ މުބާރާތްތަކުގެ ތެރެއިން --- ސަން ފޮޓޯ

ދިވެހިބަހުގެ އެކަޑަމީން ނެރުނު ބަޔާނުގައި ބުނީ، މި މުބާރާތްތައް ކުރިއަށް ގެންދާނީ ހަތަރު ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެއީ:

  1. ސްކޫލުތަކުގެ ބައި
  2. މަތި ތައުލީމުގެ ބައި (ޔުނިވާސިޓީ/ކޮލެޖު/އިންސްޓިޓިއުޓް/އެކަޑަމީ)
  3. އަމިއްލަ ފަރާތްތަކުގެ ބައި (18 އަހަރުން ދަށުގެ އުމުރުފުރާ/18 އަހަރުން މަތީ އުމުރުފުރާ)
  4. އޮފީސް/ކުންފުނި/ކުލަބު/ޖަމިއްޔާ/ޖަމާއަތްތަކުގެ ބައި

ދިވެހިބަހުގެ އެކަޑަމީން ކުރިއަށް ގެންގޮސްފައިވާ މުބާރާތްތަކުގެ ތެރެއިން --- ސަން ފޮޓޯ

އެގޮތުން، ސްކޫލުތަކުގެ ބައި ކުރިއަށް ގެންދާނީ ތިން އުމުރުފުރާއަކަށް ބަހާލައިގެން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެއީ ކީސްޓޭޖް ތިނެއް، ކީސްތޭޖް ހަތަރެއްގެ އިތުރުން ކީސްޓޭޖް ފަހެކެވެ.

ޅެން ހެދުމުގެ ގައުމީ މުބާރާތުގައި ބައިވެރިވާން ބެނުންވާ ފަރާތްތަކުން ފޯމު ހުށައަޅާނީ އެކަޑަމީގެ ވެބްސައިޓުގައިވާ ލިންކު މެދުވެރިކޮށެވެ. ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ހުށައަޅާނީ އެކަޑަމީގެ ލިންކު މެދުވެރިކޮށެވެ. އަދި، މަޒުމޫނު ލިޔުމުގެ މުބާރާތައް ބައިވެރިވާން އެދޭ ފޯމު ހުށައަޅާނީ މި ލިންކު މެދުވެރިކޮށެވެ.

މި މުބާރާތްތަކުގެ ބައިވެރިވުމުގެ ސުންގަނޑި މި މަހު 24 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 1:00 އަށް ހަމަވާނެއެވެ.

މުބާރާތްތައް ބޭވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހުއެވެ. އަދި މުބާރާތް އޮންނާނެ ތަނާއި ވަގުތު މުބާރާތް ބޭއްވުމުގެ ފަސް ދުވަސް ކުރިން، އެ މުބާރާތްތަކުގައި ބައިވެރިވި ފަރާތްތަކަށް އެކަޑަމީން އަންގާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް