އެސްއެސް ޕްލޭ މިހާރު އެޕަލް ފޯނުތަކަށް ވެސް ލިބޭ!

އެސްއެސް ޕްލޭ އެޕްޓޮއިޑުގައި -- ފޮޓޯ/ ސަން

ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ހެޔޮ އަގުގައި ގިނަ ޗެނަލްތަކެއް ބަލައިލެވޭ އެސްއެސް ޕްލޭގެ އެޕްލިކޭޝަން މިހާރު އެޕަލް ފޯނު ނުވަތަ އައިއޯއެސް ގެންގުޅޭ ފަރާތްތަކަށް ވެސް ލިބޭ ގޮތް ހަދައިފިއެވެ.

މިހާރު ވެސް އެސްއެސްނެޓުގެ އައިޕީޓީވީގެ ޚިދުމަތް ހޯދާ މީހުންނަށް ރަޖިސްޓާ ކުރުމަކާ ނުލައި، ޓީވީގެ ނަންބަރު ޖަހައިގެން އެޕަށް ލޮގިން ވެވެއެވެ.

އެ ޚިދުމަތް ނުހޯދާ މީހުންނަށް ވެސް އެސްއެސްޕްލޭގެ އެޕް ޑައުންލޯޑު ކޮށްލައިގެން ފަސޭހަކަމާ އެކު ރަޖިސްޓާ ކުރެވޭނެއެވެ. މިހާރު އެސްއެސް ޕްލޭގެ އެޕްލިކޭޝަން އައިއޯއެސް އެޕްސްޓޯރަށް އައުމާ އެކު މިއީ ގިނަ ބައެއްގެ އިންތިޒާރުގެ ނިމުމެވެ. ކުރިން ހަމައެކަނި އެންޑްރޮއިޑް ފޯން ގެންގުޅޭ މީހުންނަށް އެސްއެސް ޕްލޭ އެޕް ބޭނުން ކުރެވުން ނަމަވެސް، މިހާރު އައިފޯން ގެންގުޅޭ މީހުންނަށް ވެސް އެ އެޕް ބޭނުން ކުރެވޭނެއެވެ.

ރާއްޖެއާއި، ދުނިޔޭގެ އެންމެ މަގުބޫލު ޗެނަލްތައް ބަލައިލުމަށް، އެސްއެސްޕްލޭއިން ޖީބަށް ލުއި ދެ ޕެކޭޖެއް ވަނީ ތައްޔާރުކޮށްފައެވެ. އެ ޕެކޭޖުތައް އެންމެ 30 ރުފިޔާ އާއި 60 ރުފިޔާއަށް އެކްޓިވޭޓްކޮށްލައިގެން ޚިދުމަތް ހޯދޭނެއެވެ.

އެ ޕްލެޓްފޯމް މެދުވެރިކޮށް، ދިވެހިން އާންމުކޮށް ބަލައިއުޅޭ ހުރިހާ ޗެނަލެއް ފެންނައިރު، އޭގެ ތެރޭގައި ރާއްޖޭގެ ޓީވީ ޗެނަލްތަކާއި، ބޭރުގެ ޚަބަރުތަކާއި ދީނީ މައުލޫމާތާއި، މުނިފޫހި ފިލުވުމުގެ ޗެނަލްތައް ވެސް އެއް ތަނަކުން ލިބެން ހުންނާނެއެވެ.

މޯބައިލް ޑިވައިސެއް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ތަނަކު ހުރެގެން ކޮންމެ ވަގުތަކު ވެސް ހަލުވިކަމާއި އިތުބާރާ އެކު، އެ ޚިދުމަތް ހޯދޭނެއެއެވެ.

އެންޑްރޮއިޑް ޑިވައިސްތަކަށް، ގޫގުލް ޕްލޭ ސްޓޯރުން އެސްއެސް ޕްލޭ ލިބެން ހުންނާނެއެވެ. އެސްއެސް ޕްލޭއާ ގުޅޭ އިތުރު މައުލޫމާތު އެސްއެސް ނެޓް ވެބްސައިޓުން ވެސް ލިބޭނެއެވެ.

comment ކޮމެންޓް