އެސްއެސް މީޑިއާގެ އަހަރީ ދުވަސް: އެމްޕްލޯއީ އޮފް ދި އިޔާ ހައިފާއަށް

އަހަރީ ދުވަހު މުނާސަބަތުގައި ބޭއްވި ހަފްލާގެ ތެރެއިން: އެސްއެސް މީޑިއާގެ އެމްޕްލޯއީ އޮފް ދި އިޔާ ހާސިލްކުރި އާމިނަތު ހައިފާއާއެކު އެސްއެސް މީޑިއާގެ މީހާރާއި ކުރީގެ ވެރިން - ސަން ފޮޓޯ

ސަން ސިޔާމް މީީޑިއާގެ އެއްވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ރޭ ފާހަގަކޮށްފިއެވެ.

މި ހަފުލާގައި ސަން ސިޔާމް މީޑީއާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މިދިޔަ އަހަރު ފާހަގަކުރެވޭ މަސައްކަތްތައް ކުރި މުވައްޒަފުންނަށް އެކި ދާއިރާތަކުން އެވޯޑާއި ހަނދާނީ ލިޔުން ދީފައިވެއެވެ. އަދި އަގުވަޒަންކުރުމުގެ ގޮތުން ވެސް ހަނދާނީ ލިޔުން ވަނީ ދީފައެވެ.

އަހަރީ ދުވަހު މުނާސަބަތުގައި ބޭއްވި ހަފުލާގެ ތެރެއިން --- ސަން ފޮޓޯ

މިދިޔަ އަހަރު ހުރިހާ ގޮތަކުން ވެސް އެންމެ ފާހަގަކޮށްލެވޭ، އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑު ހާސިލްކޮށްފައިވަނީ މެނޭޖަރު، ޕްރޮޑަކްޝަންސް، އާމިނަތު ހައިފާއެވެ.

މީގެ އިތުރުން ދެން އެވޯޑު ހާސިލްކުރި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ:

  • އެވޯޑް ފޯ އެކްސެލެންސް އިން ކަސްޓަމާކެއާ 2023 - ކަސްޓަމާ ކެއާ އޮފިސަރު މިޒްނާ އަބްދުއް ރަޝީދު
  • އެވޯޑް ފޯ އެކްސެލެންސް އިން އެމްސީއާރް އޮޕަރޭޝަން 2023- އޮންއެއާ ކޮންޓްރޯލަރު، މުޙައްމަދު ނަޝީތު
  • އެވޯޑްފޯ އެކްސެލެންސް އިން ވީޑިއޯ ގްރަފީ 2023- ސީނިއާ މަލްޓި ޓާސްކް ވީޑިއޯ ގްރަފާ، މުހައްމަދު ޝާން
  • އެވޯޑް ފޯ އެކްސެލެންސް އިން އެޗްއާރް އެންޑް އެޑްމިނިސްޓްރޭޝަން 2023- ސީނިއާ ކޯޕަރޭޓް އެފެއާޒް އެކްޒެކެޓިވް، މުހައްމަދު މުނާޒް މާހިރު
  • އެވޯޑް ފޯ އެކްސެލެންސް އިން ޖާނަލިޒަމް 2023- ޕޮލިޓިކަލް އެފެއާޒްގެ އެޑިޓަރު، އަހުމަދު އިނާހް
  • އެވޯޑް ފޯ އެކްސެލެންސް އިން ނިއުސް އެންކަރިން 2023- ޗީފް މަލްޓިޓާސްކް ޖާނަލިސްޓް، މުހައްމަދު ނާއިލް ހަފީޒް
  • އެވޯޑް ފޯ އެކްސެލެންސް އިން ޓީވީ ޕްރެޒެންޓިން 2023- އެސިސްޓެންޓް މެނޭޖާ އޮފް ޕްރޮޑަކްޝަން، ފާތިމަތު ސާރާ
  • އެވޯޑް ފޯ އެކްސެލެންސް އިން ޓީވީ ޕްރޮޑަކްޝަން 2023- އެސިސްޓެންޓް މެނޭޖާ އޮފް ޕްރޮޑަކްޝަން، ފާތިމަތު ސާރާ
  • އެވޯޑް ފޯ މޯސްޓް ޕްރޮމިސިން އެމްޕްލޯއީ 2023- ވީޑިއޯ އެޑިޓިން ޓްރެއިނީ، ހަސަން ސާހިލް

އަހަރީ ދުވަހު މުނާސަބަތުގައި ބޭއްވި ހަފުލާގެ ތެރެއިން --- ސަން ފޮޓޯ

މީގެ އިތުރުން ގިނަ މުވައްޒަފުންތަކަކަށް ޚިދުމަތުގެ އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުން ވެސް ހަވާލުކޮށްފައިވެއެވެ.

އެގޮތުން، އެސްއެސް މީޑިއާގެ ސީއީއޯކަމުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ޚަލީލަށް ވަނީ ހަނދާނީ ލިޔުން އަރުވައިފައެވެ.

ހަމައެއާއެކު އެސްއެސް މީޑިއާގެ އެޑްމިން އެންޑް އެޗްއާރް ޑިރެކްޓަރުގެ ގޮތުގައި ހުންނަވައިގެން، މިހާރުގެ ލޯކަލް ގަވަނަންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އާރިފް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް ވެސް ހަނދާނީ ލިޔުން ވަނީ ދީފައެވެ.

ގިނަ ދުވަސްތަކަކަށްފަހު ކުލަގަދަ ގޮތެއްގައި، ސަން ސިޔާމް މީޑީއާއަށް އަހަރު ފުރުން ފާހަގަކުރިއިރު، މި ހަފުލާގައި ސަންސިޔާމް މީޑީއާގެ ހުރިހާ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މީގެ ކުރިން މި މީޑިއާ ހިންގަމުން އައީ، "ސަން މީޑިއާ"ގެ ނަމުގައެވެ. ނަމަވެސް ރީބްރޭންޑްކުރުމަށްފަހު އާ ޚިދުމަތްތަކާއެކު މިހާރު ހިންގަމުން އަންނަނީ "ސަން ސިޔާމް މީޑިއާ" (އެސްއެސް މީޑިއާ)ގެ ނަމުގައެވެ.

comment ކޮމެންޓް