އޮމާނުން ދިވެހިންނަށް އޮންއެރައިވަލް ވިސާ ދެނީ ޝަރުތުތަކަކާ އެކު

ޖުލައި 15، 2021: ފޮރިން މިނިސްޓްރީ އިމާރާތް މަރާމާތުކޮށް, "ފަތުހުالله ޖަމީލް ބިލްޑިންގ"ގެ ނަމުގައި އެތަން ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ދެނީ ޝަރުތުތަކަކާ އެކު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މީގެ ކުރިން ވަނީ ދިވެހިންނަށް ކުރިއާލައި ވިސާ ނެގުމެއް ނެތި އޮމާނަށް ދަތުރުކުރެވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އެއިއިރު އެ ކަން ވަނީ ވަކި ޝަރުތުތަކަކާ އެކު ކަމަކަށް ނުބުނެއެވެ.

އެ ފަދައިން ހާމަކޮށް ފޮރިން މިނިސްޓްރީން ބަޔާނެއް ނެރުނީ މާޗު މަހުގައެވެ. އޭރު އެ މައުލޫމާތު ހާމަކުރީ އޮމާން ސަރުކާރުން ދިން މައުލޫމާތުގެ މައްޗަށް ކަމަށް ބުނެ، އެ މިނިސްޓްރީން މިއަދު ވަނީ އަލުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކަން ކުރެވެނީ ދެ ޝަރުތެއްގެ މަތިންކަމަށް އެނގިފައިވާކަމަށް ބުނެފައެވެ.

އެ ދެ ޝަރުތުތަކަކީ:

  • އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަންގެ ގައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ގައުމެއްގެ ރަށްވެހިކަން އޮތުން.
  • ހޮޓެލް ބުކިން، ދެކޮޅު ޓިކެޓް އަދި ހެލްތު އިންޝޫރަންސް އޮތުން.

އެ މިނިސްޓްރީން ވަނީ އޮމާނަށް ދަރުތުރުކުރާ ދިވެހިން އެ ދެ ކަންތައް ފުރިހަމަ ނުވާނަމަ ދުރައިލައި ވިސާ ނަގައިގެން އެ ގައުމަށް ދަތުރުކުރުމަށް އެދިފައެވެ.

އަދި، ޝަރުތަކާ ނުލައި، ދިވެހިންނަށް ވިސާ ލިބޭނެ މަގެެއް ފަހިކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިހާރު ދިވެހިންނަށް ކުރިއާލައި ވިސާ ނެގުމަކާ ނުލައި 90 އަށްވުރެ ގިނަ ގައުމަށް ދަތުރުކުރެވެއެވެ.

comment ކޮމެންޓް