ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖު ތަކެއް

މަކަރާއި ހީލަތުން ފައިސާ ހޯދަން ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ މަކަރާހީލަތުނަ ފައިސާ ހޯދުމަށް ފޮނުވާ މެސެޖު ފޮނުވަނީ ޕޯސްޓް އޮފީހުގެ ނަމުގައި ކަމަށެވެ. އަދި، މިގޮތަށް ފޮނުވާ މެސެޖު ތަކަކީ ސައްހަ މެސެޖުތަކެއް ނޫން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ގޮތަށް ފޮނުވާ މެސެޖު ތަކުގައި ލިންކު އެޓޭޗޮ ކޮށްފައި ހުންނަ ކަމަށާއި މިފަދަ ލިންކު ތަކަށް ނުވަނުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ގޮތަށް މަކަރާ ހީލަތުން ފައިސާ ހޯދާ ފަރާތްތަށް އެކި ކަހަލަ އުކުޅުތައް ބޭނުން ކޮށްގެން އަބަދު ވެސް ދަނީ ފައިސާ ހޯދަމުންނެވެ. އެގޮތުން ފޭސްބުކު، އިންސްޓަގްރާމް އަދިވެސް އެނޫން ސޯޝަލް މީޑިއާ ޕްލެޓް ފޯމުތައް ބޭނުންކޮށްގެން ވެސް އެފަދަ ކުއްތައް ކުރަމުންދާ މީހުން އިތުރެވެ. އަދި ހަމަ އެހެންމެ ފޯނު ކޯލުތަކާއި، ޓެކްސްޓް މެސެޖުން ވެސް މިފަދަ ސްކޭމުތައް ކުރިއަށް ގެންދެއެވެ.

މި ފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުންނާ އެހެނިހެން ކަމާ ބެހޭ ފަރާތްތަކުން އަބަދު ވެސް ދަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް