މާލޭގައި އަންހެނަކު ފިރިހެނަކަށް ވަޅިން ހަމަލާދީފި

ފުލުހުން އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި އަންހެނަކު ފިރިހެނަކަށް ވަޅިން ހަމަލާދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީފައިވާ ފިރިހެނަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާކަމުގެ މައުލޫމާތު މިއަދު 11:02 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭޑީކޭއިން ބުނީ މި ހަމަލާގައި ޒަހަމްވި މީހާއަށް ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލަތު މިހާރު އަންނަނީ ރަނގަޅު ވަމުން ކަމަށެވެ.

ސޯޝަލް މީޑިއާގައި ދަރުވާ ވީޑިއޯއިން ފެންނަނީ މާލޭގެ ފޯނު ވިއްކާ ފިހާރައަކަށް އަންހެނަކު ވަދެ އެތަނުގެ ފިރިހެން މުވައްޒަފަކާ ވާހަކަ ދައްކާ މަންޒަރެވެ. އިރުކޮޅެއް ފަހުން އެ އަންހެން މީހާ ވަޅިއެއް ނަގައި ކުއްލިއަކަށް މުވައްޒަފުގެ ކަރުގައި ވަޅި ދަމާލުމަށް ފަހު އޭނާ ނުކުމެގެން ދަނީއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް