އަންނަ ހަފްތާއިން ފެށިގެން ދެކުނުގެ އަތޮޅުތަކުން އާރުޓީއެލް ދަތުރުތަކަށް އަގު ނަގަނީ

ހުވަދު އަތޮޅަށް ފުރި އާރުޓީއެލްގެ ފެރީތައް --- ފޮޓޯ: މާހިލް އާތިފް

އަންނަ ހުފްތާއިން ފެށިގެން ދެކުނުގެ ހަތަރު އަތޮޅެއްގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ދަތުރުތަކައް އަގު ނަގަން ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ އިއުލާންކޮށްފައެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ކަމުގައިވާ އައްޑޫ އާއި ފުވައްމުލަކު ހިމެނޭ ޒޯން ހައެއް އަދި، ގއ. އަތޮޅާއި ގދ. އަތޮޅު ހިމެނޭ ޒޯން ފަހެއްގައި އާރުޓީއެލްގެ ފެރީގެ ހިދުމަތް ވަނީ ފަށާފައެވެ. ނަމަވެސް، ފަށައިގެން އައިއިރު ދަތުރުތަކަށް އަގެއް ނުނަގައެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ އެ ދަތުރުތަކުގެ އަގުތައް އާންމުކޮށްފައެވެ. އެގޮތުން،

އައްޑު އަތޮޅުގެ އެތެރޭގެ އާރުޓީއެލް ފެރީ ދަތުރުތަކަށް

  • ޏ. ފުވައްމުލައް - ސ. ހުޅުމީދޫ: ކޮޅަކަށް 250 ރުފިޔާ، ދެކޮޅަށް 450 ރުފިޔާ.
  • ޏ. ފުވައްމުލައް - ސ. ފޭދޫ: ކޮޅަކަށް 250 ރުފިޔާ.، ދެކޮޅަށް 450 ރުފިޔާ.
  • ސ. ހުޅުމީދޫ - ސ. ފޭދޫ: ކޮޅަކަށް 55 ރުފިޔާ.، ދެކޮޅަށް 100 ރުފިޔާ.

ހައިވޭލިންކްގައި އާރުޓީއެލް ފެރީ ދަތުރުތަކުގެ އަގު

  • ގދ. ވާދޫ - ސ. ހުޅުމީދޫ: ކޮޅަކަށް 490 ރުފިޔާ. ދެކޮޅަށް 880 ރުފިޔާ.
  • ގދ. ވާދޫ - ޏ. ފުވައްމުލައް: ކޮޅަކަށް 250 ރުފިޔާ.، ދެކޮޅަށް 450 ރުފިޔާ.

ޒޯން ފަހަކާއިއި ހަޔަކާ ދެމެދު ދަތުރުކުރާ ހައިވޭލިންކް ދަތުރުތަކާއި ޒޯން ހައެއްގެ އެތެރޭގައި ކުރާ ދަތުރުތަކަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަގު ނަގާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނުގައިވެއެވެ.

ދަތުރުފަތުރުގެ ގޮތުން ރާއްޖެ ގުޅިވާލަން ސަރުކާރުން ފަށާފައިވާ އާރްޓީއެލް ފެރީގެ މަޝްރޫއުގެ ޚިދުމަތް މިހާރު ފަށާފައިވަނީ ހއ. އަތޮޅާއި ހދ، ށ، ޅ، ގއ، ގދ އަތޮޅުގެ އިތުރުން އައްޑޫ އާއި ފުވައްމުލަކުގައެވެ. މިހާރު އަންނަނީ ނ. އަތޮޅުގައި އެ ހިދުމަތް ފަށަން ތައްޔާރުވަމުންނެވެ.

comment ކޮމެންޓް