ވަގަށް އެތެރެކުރި ރަނުން ދައުލަތަށް 10 މިލިއަން ރުފިޔާ

ވަގަށް ރާއްޖެ އެތެރެކުރި ރަންތަކެއް: ވޭތުވެދިޔަ އަހަރެއްހާ ދުވަހު ރާއްޖެއަށް ވަގަށް އެތެރެކުރި ރަނުން ވަނީ 10 މިލިއަން ރުފިޔާ ލިބިފަ --- ފޮޓޯ/ ކަސްޓަމްސް

ވޭތުވެދިޔަ އަހަރެއްހާ ދުވަހު ރާއްޖެއަށް ސިއްރުން އެތެރެކުރި ރަން ދައުލަތަށް ނަގައި 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން މިއަދު ބުނީ ފާއިތުވެ ދިޔަ އަހަރެއްހައި ދުވަހު، ފޮރުވައިގެން ރާއްޖެއަށް ރަން އެތެރެކުރި މައްސަލަތަކުގައި ދައުލަތަށް 10.99 ކިލޯގެ ރަން ލިބިފައިވާ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގަށް ބަލާއިރު، ޢާންމު ގޮތެއްގައި އުޅެނީ، ކިލޯއެއް 60،000ރ. އާއި 70،000ރ. އާ ދެމެދުގެ އަގެއްގައެވެ.

އެހެންވެ، މިދިޔަ އަހަރެއްހައި ދުވަހު، ސިއްރުން އެތެރެކުރި ރަން ދައުލަތަށް ނަގައިގެން މަދުވެގެން 659،000 ޑޮލަރު ނުވަތަ 10.1 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ބޯޑަރުން އެއްވެސް އެއްޗެއް އެތެރެކުރުމުގެ އަދި ބޭރުކުރުމުގެ ކުރިން ކަސްޓަމްސްގެ ހުއްދަ ހޯދަން ޖެހެއެވެ. އަމިއްލަ ބޭނުންތަކަށް ގެންނަ މުދަލުގެ އަގު 6000 ރުފިޔާއަށް ވުރެ ބޮޑު ނުވާނަމަ، އަދި އެއީ ރާއްޖެއަށް އެތެރެކުރުމަށް ވަކި ޚާއްސަ ހުއްދައެއް ބޭނުންނުވާ ނުވަތަ އެތެރެކުރުން މަނާ އެއްޗަކަށް ނުވާނަމަ، އެ އެއްޗެއް ކަސްޓަމްސްއަށް ޑިކްލެއާ ކުރުމެއް ނެތި އެތެރެކުރެވޭނެއެވެ.

comment ކޮމެންޓް